އިންޑިއާގެ ނިއުދިއްލީގައި ހުންނަ ޝޮޕިންގ މޯލައަކަށް ގެއްލުނު އަނގޮޓިއެއް ހޯދައި އެޤައުމުގެ ފުލުހުން އޭގެ ވެރިފަރާތާއި 6 ގަޑިއިރު ތެރޭގައި ހަވާލުކޮށްދީފިއެވެ.

ޑެލީގެ ޑީ.އެލް.އެފް މޯލްގެ ތެރޭގައި އާދިއްތަ ދުވަހު ހިނގި މިހާދިސާގައި ގެއްލިފައިވަނީ 70 ޑައިމަންޑް ސްޓަޑް އެކުލެވޭ 5 ލައްކަ އިންޑިއަން ރުޕީސްގެ އަގުހުރި އަނގޮޓިއެކެވެ.

އިންޑިޔާގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ނިއުދިއްލީގެ ޝާހްދަރާއަށް ނިސްބައްވާ ޕްރޮޕަރޓީ އާއި ރިއަލް އެސްޓޭޓް ޑިވެލޮޕަރއެއްގެ އަންހެނުން އޭނާ ދިއަ ޝޮޕިން މޯލްގެ ރެސްޓް ރޫމްގައި ދަރިފުޅުގެ ނެޕީ ބަދަލުކުރުމަށް އަނގޮޓި ނަގައި ސިންކު މަތީގައި ބޭއްވުނު ކަމަށެވެ. އަދި ނިމިގެން ދިއައިރު އަނބުރާ އަނގޮޓި އެޅުމަށް ހަނދާންނެތި އެތަނުގައި އަނގޮޓި ބާއްވާފައި ދެވުނީ ކަމަށެވެ.



ހަމަ އެހެންމެ ޑައިޕާ ޗޭންޖުކުރަން ހުރި ވަގުތުގައި އެތަނަށް ވަން އެހެން އަންހެނަކަށް އަނގޮޓި ފެނިގެން އެއީ އޭނާގެ އެއްޗެއްތޯ ސުވާލުކުރިކަމަށާއި ނަމަވެސް އެވަގުތު އެއީ އޭނާ އެތަނުގައި ބޭއްވި އަނގޮޓިކަމަށް އެއްގޮތަކަށްވެސް ހަނދާނެއް ނެތްކަމަށާއި އަތުގައި އަނގޮޓި އޮތްތޯވެސް ބަލާނުލާ އެއީ އޭނާގެ އެއްޗެއްނޫން ކަމަށް ބުނެވުނު ކަމަށެވެ. އަދި އެހެންބުނުމުން ސުވާލު ކުރި މީހާ އަނގޮޓި ނަގައި އެމީހާގެ އަމިއްލަ އަތުގައި އެޅިކަމަށްވެސް އޭނާ ބުނިކަމަށް ރިޕޯޓޮކޮށްފައިވެއެވެ.

އަނގޮޓި ގެއްލުނުކަން އޭނާއަށް ފަހުން އެނގިގެން އެރޭގެ 10:30 ހާއިރު އެދެމަފިރިންވަނީ ފުލުހުންނަށް ރިޕޯޓްކޮށް އެކަން ހިނގައި ދިޔަގޮތް ކިޔައިދީފައެވެ.

ފުލުހުންނަށް މިމައްސަލަ ހުށަހެޅުމާއެކު ވަގުތުން ފުލުހުންގެ 20 އޮފިޝަލަކު މިހާދިސާ ހިނގި ޑެލީގެ ޑީ.އެލް.އެފް މޯލްއަށްގޮސް އަނގޮޓި ހޯދުމުގެ މަސައްކަތް ފެށިއެވެ. އެގޮތުން ފުލުހުން މޯލްއަށް ގޮސް ހުރިހާ ތަނެއް ޗެކް ކުރުމަށްފަހު ސީސީޓީވީ ފުޓޭޖުބަލައި އަނގޮޓި ހިފައިގެން ދިޔަ އަންހެންމީހާ ހޯދިއެވެ. އަދި ޕާކިން އޭރިއާއިން އެއަންހެން މީހާ އެރި ކާރުގެ ނަންބަރު ޓްރޭސްކޮށް ޑެލީގެ ގަނޭޝް ނަގަރަ ސަރަހައްދަށް ގޮސް އެއަންހެންމީހާ ހޯދައި އެރޭ ފަތިހު 5 ޖެހިއިރު އަނގޮޓީ އެގެންދިޔަ މީހާއަތުން ހޯދުނެވެ.

ހުރިހާ ޕްރޮސީޖާއެއް ނިންމުމަށްފަހު ހަމަ އެދުވަހު ހެނދު އަނގޮޓި ވެރިފަރާތާއި ހަވާލުކޮށްދީފައިވާކަމަށް މިކަމުގައި ހަރަކާތްތެރިވި ނޮއިޑާ ފުލުހުން ރިޕޯޓުކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން