އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ އެމެރިކާ ލީގުގެ ކްލަބަކަށް ބަދަލުވާން ނިންމައިފިއެވެ.
މި ސީޒަނަށްފަހު ޕީއެސްޖީއާއެކު ހަދާފައިވާ ކޮންޓްރެކްޓް އާނުކޮށް އެ ކްލަބް ދޫކޮށްލަން މެސީ ވަނީ ނިންމާފައެވެ. އުމުރުން 35 އަހަރުގެ މެސީ ޕީއެސްޖީ ދޫކޮށްލަން ނިންމުމާއި ގުޅިގެން ކުރިން އޭނާ ކުޅުނު ބާސެލޯނާ އާއި ސައުދީ ލީގުގެ ކްލަބަކުން އޭނާ ގެންދަން ވަނީ މަސައްކަތްކޮށްފައެވެ. މެސީ ބާސާއަށް ބަދަލުވާން ބޭނުންވި ނަމަވެސް އެ ކްލަބަށް ދިމާވެފައިވާ މާލީ މައްސަލަތަކުގެ ސަބަބުން އޭނާ ގެންދަން ބާސާ އިން ކުރަމުން އައި މަސައްކަތް ކާމިޔާބު ވެފައިނުވާ ކަަމަށް ރިޕޯޓްތައް ބުނެއެވެ.
މީޑިއާ ރިޕޯޓުތައް ބުނާގޮތުން މެސީ ބަދަލުވާން ނިންމާފައިވަނީ އެމެރިކާ ލީގުގެ ކްލަބެއް ކަމަށްވާ އިންޓަ މަޔާމީ އަށެވެ. އިންޓަ މަޔާމީގެ އެއް އޯނަރަކީ އިންގްލެންޑުގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމް އެވެ. މި ޓްރާންސްފާއާ ގުޅޭގޮތުން މެސީއާ އިންޓަ މަޔާމީއާ ދެމެދު މިހާރު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ބޭރުގެ މީޑިޔާތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ.
މިއީ މެސީގެ ކެރިއަރުގައި ޔޫރަޕުން ބޭރުގައި ކުޅޭ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.
އާޖެންޓީނާއާއެކު ވޯލްޑް ކަޕް ހޯދާފައިވާ މެސީ ވަނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާއަށް ދޭ ބެލޮންޑިއޯ އެވޯޑް ހަތް ފަހަރެއްގެ މަތިން ހޯދާފައެވެ.

ކިޔުންތެރިންގެ ހިޔާލު