ސައުދީގެ އަލް އިއްތިހާދާއި ގުޅުނު ފުރާންސްގެ ހުނަރުވެރި ފޯވާޑު، ކަރިމް ބެންޒެމާ ޖިއްދާއަށް ހިގައްޖެއެވެެ.

ބެންޒެމާ ޖިއްދާއަށް ދިޔައީ ބުދަ ދުވަހުގެރޭގެ ވަގުތެއްގައެވެ. ބެންޒެމާއަށް މަރުހަބާ ކިޔުމަށް ސައޫދީގެ އަލް އިއްތިހާދުން އިންތިޒާމްކޮށްގެން ހާއްސަ ރަސްމިއްޔާތެއް ބާއްވަން ވަނީ ނިއްމާފައެވެ.

2022 ވަނަ އަހަރުގެ ބެލޮންޑިއޯ ހާސިލްކުރި ފްރާންސްގެ ފޯވާޑް ބެންޒެމާ ވަނީ އަލް އިއްތިހާދަށް ތިން ސީޒަނުގެ އެއްބަސްވުމެއްގައި މިދިޔަ އަންގާރަ ދުވަހު ސޮއިކޮށްފަ އެވެ.



މީގެ ކުރިން ބުދަ ދުވަހު އަލް އިއްތިހާދުން ވަނީ ރެއާލް މެޑްރިޑްގެ ކުރީގެ ކެޕްޓަން ޖިއްދާއަށް ދަތުރުކުރަމުންދާކަން އިއުލާންކޮށްފައެވެ.



ފްރާންސްގެ ފޯވާޑް ބެންޒެމާއާއެކު ފްރީ އޭޖެންޓެއްގެ ގޮތުގައި އަލް އިއްތިހާދު އެއްބަސްވުމަކަށް އާދެވިފައި ވަނީ އުމުރުން 35 އަހަރުގެ ބެންޒެމާ ލަލީގާ ކުލަބު ދޫކޮށް 14 އަހަރަށް ފަހު ރެއާލް މެޑްރިޑުން ކަށަވަރުކޮށްދިނުމުންނެވެ.

ރިއަލް މެޑުރިޑުގެ އެންމެ ކާމިޔާބު ކުޅުންތެރިޔާގެ ގޮތުގައި ފާހަގަ ކުރެވޭ ކަރިމް ބެންޒެމާ އަލް އިއްތިހާދަށް ބަދަލުވުމަށް ނިންމާފައިވަނީ 200 މިލިއަން ޔޫރޯގެ އަގަކަށެވެ. މި އަގާއި އެކު ބެންޒެމާ ވެގެންދާނީ ސައުދީ ލީގުގައި ދެވަނައަށް އެންމެ އަގު ބޮޑު ކުޅުންތެރިޔާއަށެވެ.

2022 ވަނަ އަހަރުން ފެށިގެން ރިއަލް މެޑުރިޑުގެ ކެޕްޓަންގެ މަގާމުގައި ކުޅެމުން ގެންދިޔަ ކަރިމް ބެންޒެމާވަނީ ޖުމުލަ 439 މެޗު އެކުލަބަށް ކުޅެ ޖުމުލަ 353 ގޯލު ކާމިޔާބުކޮށްދީފައެވެ. މީގެ ތެރޭގައި ލަލީގާގައި ޖަހާދިން 166 ގޯލު، ޗެމްޕިއަންސް ލީގުގައި 54 ގޯލު، ކުލަބް ވޯލްޑް ކަޕުގައި 4 ގޯލު އަދި މީގެ އިތުރުން ކޮޕަރ ޑެލްރޭގައި ޖެހި ހަ ގޯލު ހިމެނެއެވެ.



ބެންޒެމާ ވަނީ ރިއަލް މެޑްރިޑާއިއެކު ޖުމުލަ 25 ތަށި ކާމިޔާބުކޮށްފައެވެ. އެގޮތުން ޗެމްޕިއަންސް ލީގު ފަސް ފަހަރު، ލަލީގާ ހަތަރު ފަހަރު އަދި ކޮޕަރ ޑެލްރޭ 3 ފަހަރު ވަނީ ހޯދާފައެވެ. މީގެ އިތުރުން ރިއަލް މެޑުރިޑަށް އެންމެ ގިނަ ގޯލު ދެވަނައަށް ޖަހާދިން ކުޅުންތެރިޔާ އަކީވެސް ކަރިމް ބެންޒެމާކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން