އެމެރިކާގެ ވާރޖީނިއާގެ މަތީ ސާނަވީ ސްކޫލެއްގައި އޮތް ދަސްވެނިވުމުގެ ޙަފްލާއެއް ނިމުނުތަނާހެން ބަޑިއެއް ހިފައިގެން ހުރި މީހަކު ބަޑިޖެހުމުގެ ސަބަބުން ދަރިވަރަކާއި އޭނާގެ ދޮންބައްޕަ މަރުވެއްޖެއެވެ.

މި ޙަމަލާގައި އިތުރު ފަސް މީހަކު ޒަޚަމުވިއެވެ. މިހަމަލާދިންކަމަށް ޝައްކުކުރެވޭ ނަވާރަ އަހަރުގެ މީހަކު ފުލުހުންވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން ގަބޫލުކުރާ ގޮތުގައި މިއީ ކުރިޔާލާ، ރާވައިގެން ވަކި ބަޔަކަށް އަމާޒުކޮށް ދިން ހަމަލާއެކެވެ.

އަންގާރަދުވަހު ރިޗްމަންޑުގެ އެލްޓްރިއާ ތިއޭޓަރުގެ ބޭރުން ދިން މިހަމަލާއާއި ގުޅިގެން ، އެތެނުގައި ތިބި އެތައް ސަތޭކަ ބަޔަކު ސަލާމަތްވުމަށް ކޮޅުކޮޅަށް ދުވެހެދިއެވެ.

މި ހަމަލާގައި މަރުވި ދޮންބައްޕަ، އުމުރުން 36 އަހަރުގެ ރެންޒޯ ސްމިތް، އެޙަފްލާއަށް ދިޔައީ ޙަމަލާގައި މަރުވި އޭނާގެ ދޮންދަރި، އުމުރުން 18 އަހަރުގެ، ޝޯން ޑީ ޖެކްސަންއާއިއެކުއެވެ.

މި ހަމަލާގައި ޒަޚަމުވި ފަސްމީހުންގެ ހާލު ރަނގަޅުކަމަށް ބުދަދުވަހު ފުލުން ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން