އިސްރާއީލުން ނޫސް ވެރިއަކަށް ހަމަލާދީ ޒަހަމްކޮށްލާފައި
އިސްރާއީލުން ނޫސް ވެރިއަކަށް ހަމަލާދީ ޒަހަމްކޮށްލާފައި
އިސްރާއީލުގެ ސިފައިން، ބަޑިން ހަމަލާދީ ފަލަސްތީނުގެ ނޫސްވެރިއަކު ޝަހީދުކޮށްލައިފިއެވެ.

މުއުމިން ސަމްރީންގެ ބޮލަށް އިސްރާއީލު ސިފައިން މިއަދު ބަޑިޖެހީ، ހުޅަނގު އައްސޭރީގެ ރާމަﷲ އަށް ވަދެ، ބިމާހަމަކޮށްލި ފަލަސްތީނީއެއްގެ ގެޔެއް، ބިމާހަމަކޮށްލަން، އިސްރާއީލު ސިފައިން ހަރަކާތްތެރިވަމުންދިޔަ އިރު، ފެނުނު ކަންތައްތަކުގެ ފޮޓޯނަގަން އޭނާ އުޅެނިކޮށެވެ.

ސަމްރީން އެސަރަހައްދުގައި ހަރަކާތްތެރިވީ، އޭނާއަކީ ނޫސްވެރިއެއްކަން އަންގައިދޭ އަދި ފާހަގަކުރެވޭނެ ފަދައިން، ޕްރެސް ޖެކެޓް ލައިގެންނެވެ. ސަމްރީންގެ ބޮލަށް އިސްރާއީލު ސިފައިންޖެހީ ރަބަރު އުންޑައެވެ.

ފަލަސްތީނުގެ ވަފާ ނޫހުން ބުނާ ގޮތުގައި ރާމަﷲ އަށް އިސްރާއީލު ސިފަން މިއަދު ވަދެގަނެ ބިމާއިހަމަކޮށްލާފައިވަނީ އިސްލާމް ފުރޫޚް ކިޔާ ފަލަސްތީނީއެއްގެ ހަތަރުބުރީގެ އިމާރާތެކެވެ.

އިސްރާއީލު ސިފައިން ހިންގި މި އަނިޔާވެރި ހަރަކާތުގައި ފަލަސްތީނުގެ އިތުރު ނޫސްވެރިއެއްގެ ބަނޑަށްވެސް ބަޑިޖަހާފައިވެއެވެ. އިސްރާއީލުން ހިންގި މިހަރަކާތަށް ހުރަސްއަޅަން ނުކުތް ޒުވާނުންތަކަކަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވާކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ބުނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން، އިސްރާއީލުން ގަދަބާރުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކަށް، އިސްރާއީލު ސިފައިން ދޭތެރެއަކުން އަރާ މިފަދަ އަނިޔާވެރި ޢަމަލުތައްހިންގުންވަނީ ޢާއްމުކަމަކަށް ހަދާފައެވެ. މިފަދަ ހަރަކާތްތަކުގައި އިސްރާއީލު ސިފައިން ފާއިތުވި މަސްތަކުގައި ދިން ހަމަލާތަކުގައި ފަލަސްތީނުގެ އެތައް ބަޔަކުވަނީ ޝަހީދުކޮށްފައެވެ އަދި އެތައް ބަޔަކު އިސްރާއީލުގެ ޖަލުތަކަށްލާ ހައްޔަރުކޮށްފައިވެއެވެ.

މިގޮތުން ފާއިތުވި މަސްތަކުގައި، ފަލަސްތީނުގެ ރައްޔިތުން ދިރިއުޅޭ ސަރަހައްދުތަކަށް އިސްރާއީލު ސިފައިން ދިން ގިނަ ހަމަލާތައް އަމާޒުކުރީ ހުޅަނގު އައްސޭރީގައިވާ ދެ ސިޓީއެއްކަމަށްވާ ނާބުލުސްއާއި ޖެނިންއަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން