ފްލޮރިޑާގައި ހުންނަ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްގެ ގެކޮޅަށް ސަރުކާރުގެ ސިއްރު ލިޔެކިޔުންތަކެއް ގެންގޮސް ގެންގުޅުންކަމުގެ ތުހުމަތުކޮށް ޖިނާއީ ދައުވާއެއް ކޮށްފައިވާކަމަށް ޑޮނަލްޑް ޓްރަމްޕް ހާމަކުރަށްވައިފިއެވެ.

މިއީ އެމެރިކާގެ ތާރީހުގައި ކުރީގެ ރައީސަކަށް ސަރުކާރުގެ ފަރާތުން ޖިނާއީ ދައުވާ އުފުލި ފުރަތަމަ ފަހަރެވެ.

އެމެރިކާ ސަރުކާރުން ކުރާ މި ދައުވާގައި ޓްރަމްޕްގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ ޖަލު ހުކުމެއް އައުމުގެ ފުރުސަތު ވެސް ހިމެނެއެވެ. ކުރިއަަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވަމުންދާ ޓްރަމްޕްގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަށް ސިޔާސީ ގޮތުންވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަށް ޓްރަމްޕަށް ސަޕޯޓުކުރާ ފަރާތްތަކުން ލަފާކުރެއެވެ.

ޓްރަމްގެ މައްޗަށް ސަރުކާރުގެ ސިއްރު ލިޔެކިޔުންތަކެއް ނަހަމަގޮތުގައި ބޭނުންކުރި ތުހުމަތުގައި ދައުވާ އުފުލާފައިވާއިރު، ޖަސްޓިސް ޑިޕާޓްމަންޓުން ޓްރަމްޕްގެ މައްޗަށް ކޮށްފައިވާ ޖިނާއީ ދައުވާގެ ތަފުސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ޓްރަމްޕްގެ މައްޗަށް ދައުވާ އުފުލާފައިވާކަން ހާމަކޮށްފައިވަނީ ޓްރަމްޕްގެ މީސްމީޑިއާ އެޕް، ޓްރުތު ސޯޝަލް ޕްލެޓްފޯމް މެދުވެރިކޮށް ޓްރަމްޕް އަމިއްލައަށް ކުރެއްވި ޕޯސްޓެއްގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން