ހަރުކަށި ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ، އައިސިސްއަށް ފަންޑްރައިޒްކޮށްދޭން އުޅުނު ޒުވާނަކު ހައްޔަރުކޮށްފިއެވެ.

18 އަހަރުގެ އެމެރިކާގެ މިޒުވާނާ ހައްޔަރުކޮށްފައިވަނީ ގިފްޓް ކާޑް ވިއްކައިގެން އައިސިސްއަށް ފަންޑްރައިޒްކޮށްދޭން މަސައްކަތް ކުރަމުންދަނިކޮށެވެ.

ރިޕޯޓުތައް ބުނާގޮތުން އޭނާ ގިފްޓް ކާޑް ވިއްކަން ހަވާލުކުރީ އައިސިސްގެ ސަޕޯޓަރަކަށެވެ. އެމީހުން އަމާޒުކުރީ އޮންލައިންކޮށް ޑާކް ވެބްގައި މި ގިފްޓް ކާޑް ވިއްކައިގެން ފައިސާ ހޯދުމަށެވެ.

މިކަން ފަޅާއަރާފައިވަނީ އެމެރިކާގެ އެފްބީއައި އަންޑަރކަވަރ އޭޖެންޓަކަށެވެ. އެގޮތުން މިޒުވާނާ، އައިސިސްއަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން މަސައްކަތްކުރުމުގެ އިތުރަށް އައިސިސް އާއި ގުޅެން މަސައްކަތްކުރާ ކަމުގެ މަޝްވަރާތައް ހާމަވެފައިވާކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މިމައްސަލައާއި ގުޅިގެން މަތެއޯ ވެންޓޫރާ ނަމަކަށް ކިޔާ އެޒުވާނާގެ މައްޗަށް ވަނީ ބޭރުގެ ޓެރަރިސްޓް ޖަމާއަތަކަށް މާއްދީ އެހީތެރިކަން ފޯރުކޮށްދިނުމާއި، ޓެރަރިސްޓް ޖަމާއަތްތަކާއި ގުޅުންހުރި މަސްދަރުތައް އެނގިހުރެ ފޮރުވުމުގެ ދައުވާ އުފުލާފައެވެ. އަދި މިމައްސަލައިގެ ކޯޓު އަޑުއެހުންތައް ނިމެންދެން އޭނާ ވަނީ ބަންދުގައި ބަހައްޓާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން