އަވަށްޓެރި ސްރީލަންކާގެ ކަލުޑަވެލި ސަރަހައްދުގެ ކަލުވަންޗިކުޑީގައި އުމުރުން ހަތާވީސް އަހަރުގެ ޒުވާން އަންހެނަކު ކެއި، މަހެއް ކެއުމުގެ ސަބަބުން ވިހަވެ ، އޭނާ މަރުވެއްޖެއެވެ.

ފުލުހުން ބުނި ގޮތުގައި ، މިމަސް ކެއުމުގައި ، މަރުވި ޒުވާނާއާއި ބައިވެރިވި އޭނާގެ މަންމަވަނީ ވިހަވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ.

ފުލުހުންގެ ތަރުޖަމާނު އެސް.އެސް.ޕީ ނިހާލް ތަލްޑުވަ ވިދާޅުވި ގޮތުގައި ، މަރުވި ޒުވާނާގެ މަންމަ އެމަސް ގަތީ މިދިޔަ ބުރާސްފަތި ދުވަހު މަހުން ލެފި ، ބައެއްގެ އަތުންނެވެ.

"އެއީ ވިހަ މަހަކަށްވީތީ ، ނުވިއްކަން އެއްކައިރިކޮށް ބާއްވާފައި އޮތް މަހެއް. އެމަހުގެ ވިހައިގެ ވާހަކައިން މަސްވެރިން އިންޒާރުދިނުމުންވެސް ، އެއަންހެންމީހާ އެމަސް ގަތީ" ނިހާލް ވިދާޅުވިއެވެ.

ވިހަވުމާއި ގުޅިގެން ދެމައިންމެ ބަޓިކަލޯ ހޮސްޕިޓަލުގައި އެޑްމިޓްކުރެވުނެވެ. ދަރިފުޅު މަރުވީ ހޮސްޕިޓަލުގައި ފަރުވާދެނިކޮންނެވެ. މަންމަގެ ހާލުވެސް ވަރަށް ގޯސްކަމަށް ފުލުހުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން