ކޮލޮމްބިއާގެ ބޯޖަންގަލީގެ ތެރެއަށް ވެއްޓުނު ބޯޓަކުން ދަތުރުކުރި ހަތަރު ކުޑަކުދިން، ސާޅީސް ދުވަސް ފަހުން ދިރިތިއްބާ ޖަންގަލިން ފެނިފައިވާކަމަށް އެގައުމުގެ ރައީސް ގުސްތާވޯ ޕެތްރޯ ވިދާޅުވެއްޖެއެވެ.

އެގައުމުގެ އަސްލު ވަޒަންވެރިންގެ މުޖްތަމަޢުއަށް ނިސްބަތްވާ، އެ ހަތަރު ކުދިން ސަލާމަތްކުރީ ކޮލަމްބިއާގެ އަސްކަރިއްޔާއިންނެވެ. އެކުދިން ދަތުރުކުރި "ސެސްނާ 206 މަރުކާގެ" ކުޑަ ބޯޓު ވެއްޓިފައިވަނީ ކޮލަމްބިއާގެ ދެސަރަހައްދެއްކަމަށްވާ ކަކުއެތާއާއި ގުއަވިއަރޭގެ އިން ގުޅޭ ހިސާބުންނެވެ.

މިދިޔަ މޭމަހު އެއްވަނަ ދުވަހު، މި ބޯޓު ވެއްޓުނީ ނުވަ މީހުންނާއި އެކު ދަތުރުކުރަނިކޮށް އިންޖީނު ހުއްޓިގެންނެވެ. ބޯޓުގައި ދަތުރު ކުރި ބޮޑެތި ތިން މީހުން މި ހިތާމަވެރި، ބިރުވެރި ހާދިސާގައިވަނީ މަރުވެފައެވެ. އޭގެ ތެރޭގައި އެކުދިންގެ މަންމައާއި ބޯޓުގެ މާލިމީ ހިމެނެއެވެ. ހޯދުނުއިރު މަރުވި ތިންމީހުންގެ ފުރާނަނެތް ހަށިތައް އޮތީ ވެއްޓުނު ބޯޓުގެ އެތެރޭގައެވެ.

ސަލާމަތްވި ތިން ކުދިންގެ ތެރޭގައި ހިމެނެނީ މިހާރު ބާރަ މަސްވެފައިވާ ވަރަށް ތުއްތު ކުއްޖަކާއި، ހަތަރު އަހަރުގެ ކުއްޖަކާއި ނުވަ އަހަރުގެ ކުއްޖަކާއި ތޭރަ އަހަރުގެ ކުއްޖެކެވެ. އިއްޔެ މިކުދިންވަނީ ވެރިރަށް ބޮގޯޓާއަށް ގެންދެވިފައެވެ. އެކުދިން ހަވާލުކޮށްފައިވަނީ އެކުދިންގެ ކާފަ ނާސީޒޯ މުކުތުއިއާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން