އަންނަ މަހުން ފެށިގެން ކާބޯތަކެތީގެ އަގުތައް ހެއުކުރަންޖެހޭނެކަމަށް ފަރަންސޭސިވިލާތުގެ މާލީ ވަޒީރު ބްރޫނޯ ލިމެއަރ އިއްޔެ ވިދާޅުވެއްޖެއެވެ.

ލިމެއަރ މިހެން ވިދާޅުވެފައި މިވަނީ ، މިކަން މިގޮތަށް ކުރުމަށް ، އެގައުމުގައި ކާބޯތެކެތި ވިއްކާ ބޮޑެތި ވިޔަފާރި ކުންފުނިތައް އެއްބަސްވުމުންނެވެ. މިގޮތަށް އެއްބަސްވި ކުންފުނިތަކުގެ ތެރޭގައި ޔުނިލެވަރވެސް ހިމެނެއެވެ. މި ކުންފުނިތަކުންވަނީ އެތައް ސަތޭކަ އައިޓަމެއްގެ އަގު ކުޑަކުރަން އެއްބަސްވެފައެވެ.

ފަރަންސޭސިން ކައިބޮއެ އުޅޭ ބާވަތްތަކުގެ އަށްޑިހަ އިންސައްތަ، އެމީހުންނަށް ވިއްކަނީ މި ގޮތަށް އެއްބަސްވި ހަތްދިހަ ފަސްކުންފުނިންނެވެ. މި ވަޢުދާ ކުންފުނިތަކުން ޚިލާފުވެއްޖެނަމަ، މާލީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅުއްވާނެކަމަށް ލިމެއަރ ވިދާޅުވިއެވެ.

ރިޕޯޓުތައް ބުނާ ގޮތުން އަގުތައް އުފުލުމާއި ގުޅިގެން ފަރަންސޭސި ސަރުކާރުވަނީ ރުޅިގަދަވެފައެވެ. ސަރުކާރުގެ ބަހަކީ ، ކާބޯތަކެތި އުފެއްދުމަށް ބޭނުންކުރާ ތަކެތީގެ އަގުތައް ފާއިތުވި މަސްތަކުގައި ދަށަށް ގޮސްފައިވާއިރު ، އުފެއްދި ތަކެތީގެ އަގުތައް ބޮޑުކުރަންޖެހޭ ސަބަބެއް ނޯންނާނެއޭ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން