ޕާކިސްތާނުގެ ހުޅަނގު-އުތުރަށް ވަރަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ގެތަކެއް ވެއްޓި ، މަދުވެގެން ފަންސަވީސް މީހުން މަރުވެއްޖެއެވެ.
ހޮނިހިރު ދުވަހު ޚައިބަރު ޕަޚްތުންޚުވާ ޕްރޮވިންސަށް ވެހުނު ބޯވާރެއާއެކު ގަނޑުފެނުގެ އޮށްގާތައް ފޭބިކަމަށް ރެސްކިއު އޮފިސަރ ޚަތީރް އަހްމަދު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ހޮނިހިރުދުވަހު ބޯކޮށްވާރޭވެހުނު އަވަށްތަކަކީ ބައްނުއާއި ލައްކިއާއި މަރްވަތާއި ކަރަކެވެ.
ބޯވާރޭގައި ކަރަންޓްފޯރުކޮށްދޭ ޓްރާންސްމިޝަން ޓަވަރުތަކެއް، ވެއްޓުމުގެ ސަބަބުން އިތުރު 145 މީހުންނަށް އަނިޔާވެފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
ޚަބަރުތައް ބުނާ ގޮތުން، ގެއްލުންވި ފަރާތްތަކަށް އޮފިޝަލުން ގެންދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މިދިޔަ މަހު، ޕާކިސްތާނުގައި ހިނގި މިފަދަ ހިތާމަވެރި ޙާދިޘާއެއްގައި ފަރުބަދަމަތިން ފޭބި ސްނޯގެ ސަބަބުން ދޮޅަހަކަށް މީހުން މަރުވެފައިވެއެވެ. އެފަހަރު މަރުވި މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނެއެވެ.
ވިއްސާރައިގެ މިތޫފާނުގައި ބަޔަކު މީހުން މަރުވެފައިވާތީ ، ބޮޑުވަޒީރު ޝަހްބާޒް ޝަރީފްވަނީ އެކަމާއި ހިތާމަފާޅުކުރައްވަވާފައެވެ. އަދި އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް އަވަހަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޮޑުވަޒީރުވަނީ އަންގަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު