އީރާނުން ނިއުކްލިއަރ ބޮމެއް އުފައްދަންއުޅެފާނެކަމަށް ބުނުމަކީ ދޮގު ޢުޛުރެއްކަމަށް އީރާނުގެ އެންމެ މަތީ ވެރިޔާ، ސުޕްރީމް ލީޑަރ އާޔަތުﷲ ޢަލީ ޚާމަނައި ވިދާޅުވެއްޖެއެވެ.

ޚާމަނައި ވިދާޅުވި ގޮތުގައި "މިދޮގު ޢުޛުރު" ފާޅުކުރަނީ އީރާނުގެ ނިއުކްލިއަރ ޕްރޮގަރާމާމެދު ބައިނަލްއަގްވާމީ ގޮތުން އެއްބަސްވުމަކަށް އައުމުގައި އެގައުމާއި ބައިވެރިވެގެން އުޅޭ އިތުބާރުގެއްލިފައިވާ ގައުމުތަކަކުންނެވެ.

ގަބޫކުކުރެވޭ ގޮތުގައި ޚާމަނައި އެވިދާޅުވަނީ ހުޅަނގުގެ ، ޖަރުމަނާއި ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުގެ ވާހަކައެވެ.



އިއްޔެ ވެރިރަށް ޓެހެރާނުގައި އޮފިޝަލުންނާއި ސައިންސްވެރިންނާއި ވާހަކަފުޅުދައްކަވަމުން ، ފަނާކުރަނިވި ހަތިޔާރު އުފެއްދުމަށް އިސްލާމީ ހަމަތައް ހުރަސްއަޅާކަމަށް ޚާމަނައި ވިދާޅުވިއެވެ.

"އިސްލާމީ ހަމަޔަށް ބެލުމެއްނެތި ، ނިއުކްލިއަރ ހަތިޔާރު އުފައްދަން އަޅުގަނޑުމެން ބޭނުންވި ނަމަ ، އެމީހުންނަކަށް (ހުޅަނގަކަށް) އެކަމެއް ނުހުއްޓުވުނީސް. އަޅުގަނޑުމެން (މަދަނީ) ނިއުކްލިއަރ ދާއިރާގައި ހޯދިކުރިއެރުންތައްވެސް ނުހުއްޓުވުނު ފަދައިން. އެކަމަކީ އެމީހުންނަށް ވާނެވެސް ކަމެއް ނޫން" ޚާމަނައި ވިދާޅުވިއެވެ.

ޚާމަނައި ވިދާޅުވި ގޮތުގައި އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމާއި ގުޅޭ ގޮތުން ދުނިޔޭގެ ބާރުތަކާއެކު، ފާއިތުވި ވިހިއަހަރު ދުވަހު، އެކިކަހަލަ ވާހަކަދެކެވި އެއްބަސްވުންވެވިފައި ވެއެވެ. ޚާމަނައި ވިދާޅުވި ގޮތުގައި، މި ހުރިހާ މަރުޙަލާއެއްގައިމެ، ފެނިގެންގޮސްފައިވަނީ އޭގެ ތެރެއިން ބައެއް ބާރުތަކާއި ދުނިޔޭގެ އެޓޮމިކް އެނާޖީ އޭޖެންސީން، އެފަރާތްތަކުގެ ވަޢުދުތައް ފުރިހަމަޔަށް ނުފުއްދާނެކަމާއި ނުފުއްދި ކަމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން