ކުރިޔަށް އޮތް ދިހަ އަހުރެގެ ތެރޭގައި، ސަޢުދީ ޢަރަބިއްޔާއިން ޓުއަރިޒަމް ޞިނާޢަތުގައި 800 ބިލިއަން ޑޮލަރު އިންވެސްޓުކުރާނެކަމަށް އެގައުމުގެ ޓުއަރިޒަމް މިނިސްޓަރ އަޙްމަދުލް ޚަޠީބް ވިދާޅުވެއްޖެއެވެ.



މިދިޔަ އާދީއްތަ ދުވަހު، އެރަބް – ޗައިނާ ބިޒިނަސްމެން ކޮންފަރެންސުގައި ވާހަކަދައްކަވަމުން، ސަޢުދީގެ އުފެއްދުންތެރިކަމުގެ 4.5 އިންސައްތަ ޓުއަރިޒަމް ދާއިރާއިން ހިއްސާކުރާކަމަށް އަލްޚަޠީބް ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި 2019 ވަނަ އަހަރު މި ނިސްބަތް ހުރީ ތިނެއް އިންސައްތައިގައެވެ.

އަލްޚަޠީބް ވިދާޅުވި ގޮތުގައި ، ސަޢުދީގެ 2030 – ލަނޑުދަނޑި ހާސިލުވާއިރު ޓުއަރިޒަމް ޞިނާޢަތުގެ ނިސްބަތް ޖީޑީޕީގެ ދިހައެއް އިންސައްތަޔަށް އަރާނެއެވެ.

ޗައިނާގެ ފަތުރުވެރިން މިހާރަށްވުރެ ގިނައިން ސަޢުދީއަށް ޒިޔާރަތްކުރުމަށް، މިކޮންފަރެންސުގައި އަލްޚަޠީބް އިލްތިމާސްކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ޗައިނާގެ ފަތުރުވެރިން އެންމެ ދެކެންބޭނުންވާ ، ތާރީޚާއި ޘަގާފަތް ، ސަޢުދީ ޢަރަބިއްޔާއިން ފެންނާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން