އިންޑިއާގައި، ވިހިވިހިން-ވިހިއެކާވީހަށް، ދަނޑުވެރިން ކުރި މުޒާހަރާގައި އިންޑިއާ ސަރުކާރަށް ފާޑުކިޔަމުންދިޔަ ބައެއްމީހުންގެ ޓްވިޓަރ އެކައުންޓްތަކާ ދެކޮޅަށް ފިޔަވަޅުނާޅައިފިނަމަ، އިންޑިއާގައި ޓްވިޓަރ އެއްކޮށް މަނާކުރާނެކަމުގެ އިންޒާރު، ބޮޑުވަޒީރު މޯދީ ސަރުކާރުން، ދީފައިވާކަމަށް ޓްވިޓަރގެ ކުރީގެ ސީއީއޯ ޖެކް ޑޯސީ ވިދާޅުވެއްޖެއެވެ.
ޑޯސީ މިހެން ވިދާޅުވުމާއި ގުޅިގެން، ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުންވަނީ އެވާހަކަ ދޮގުކޮށްފައެވެ.
ދަނޑުވެރިންގެ މުޒާހަރާއާއި ގުޅޭ ގޮތުން ބައެއް މީހުން ޓްވިޓަރގައި ލިޔެފައިވާ ލިޔުންތައް ޓުވިޓަރއިން ނުނަގައިފިނަމަ، ޓްވިޓަރގެ މުވައްޒަފުން ދިރިއުޅޭ ތަންތަނަށް ގޮސް، އެތަންތަނަށް ހަމަލާދީ، އެމީހުން ހައްޔަރުކުރާނެކަމުގެ އިންޒާރުވެސް އިންޑިއާއިން ދީފައިވާކަމަށް މިދިޔަ ހޯމަދުވަހު، ޔޫޓިއުބް ޗެނަލެއްކަމަށްވާ "ބްރޭކިންގް ޕޮއިންޓްސް"ގައި ވާހަކަދައްކަވަމުން ޑޯސީ ވިދާޅުވިއެވެ.
އިންޑިއާގެ އިންފޮރމޭޝަން ޓެކްނޮލޮޖީ ވުޒާރާގެ ނައިބު ވަޒީރު ރަޖީވް ޗަންދްރަސޭކަރް ވިދާޅުވާ ގޮތުގައި ޑޯސީގެ މިވާހަކަތަކަކީ ބުހުތާނުދޮގެކެވެ.
ޑޯސީއަށް ރައްދުދެއްވަން ޓްވިޓަރގައި ލިޔުއްވި ލިޔުންކޮޅެއްގައި ޗަންދްރަސޭކަރް ވިދާޅުވި، "އެކަކުވެސް ޖަލަކަށް ނުދޭ. ޓްވިޓަރ ބަންދެއްވެސް ނުކުރޭ. އިންޑިއާގެ ގާނޫނުގެ ސިޔާދަތު ބަލައިގަތުން ޑޯސީގެ ޓްވިޓަރއަށް އޮތީ އުނދަގޫކަމަކަށްވެފައި."

ކިޔުންތެރިންގެ ހިޔާލު