ޢަރަބި އިމާރާތަށް، ޔުނައިޓެޑް އެރެބް އެމިރޭޓްސްއަށް ، ދަތުރުކުރާ ފަރާތްތަކަށް ދޫކުރަމުންދިޔަ ނުވަދިހަ ދުވަހުގެ ވިޒިޓް ވިޒާ ދޫކުރުން ހުއްޓާލާފައި އޮތުމަށްފަހު، މި ވިޒާ އަލުން ދޫކުރަން ފަށައިފިއެވެ.
ނުވަދިހަ ދުވަހުގެ ވިޒިޓް ވިޒާ ދޫކުރުން ހުއްޓާލާފައިވަނީ މިދިޔަ އަހަރު ނިމުނު ހިސާބުގައިއެވެ. އޭގެ ބަދަލުގައި އިމާރާތުން ދޫކުރަންފެށީ ފަސްދޮޅަސް ދުވަހުގެ ވިޒާއެކެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ، އިމާރާތުން މި ވިޒާ ދޫކުރަން ފަށާފައިވަނީ މިދިޔަ މޭމަސް ނިމެނިކޮށެވެ.
"(މި ގައުމަށް) އެތެރެވުމަށް ބޭނުންކުރާ ދެވައްތަރެއްގެ ހުއްދައެއް އޮވޭ. އެއީ ޓުއަރިސްޓް ވިޒާއެއް ނުވަތަ ވިޒިޓް ވިޒާއެއް. ޓުއަރިސްޓް ވިޒާއެއް ދޫކުރަނީ ތިރީސް ނުވަތަ ފަސްދޮޅަސް ދުވަހުގެ މުއްދަތައް. ވިޒިޓް ވިޒާގެ މުއްދަތަކީ ނުވަދިހަ ދުވަސް"، އިއްޔެ ޚަލީޖް ޓައިމްސްއާއި ވާހަކަދައްކަވަމުން ރީގަލް ޓުއާސް ވާލްޑްވައިޑްގެ ސީނިއަރ މެނޭޖަރ ސުބައިރް ވިދާޅުވިކަމަށް އެނޫހުން ރިޕޯޓްކޮށްފައިވެއެވެ.
އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މި ވިޒާގެ ސަބަބުން ޢަރަބި އިމާރާތަށް ދަތުރުކުރާ ފަރާތްތަކަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު