ޛުލް ޙިއްޖާ މަހުގެ (ޙައްޖު މަހުގެ) ހަނދުބެލުމުގައި ބައިވެރިވެ ދިނުމަށް ސަޢުދީ ޢަރަބިއްޔާގައި ދިރިއުޅޭ ހުރިހާ މުސްލިމުންގެ ކިބައިން އެދިއްޖެއެވެ.

ސަޢުދީ ޢަރަބިއްޔާގެ ސުޕްރީމް ކޯޓުން މިކަމަށް އެދިފައިވަނީ އިއްޔެއެވެ. ސަޢުދީ ސުޕްރީމް ކޯޓުން އެދިފައިވަނީ މާދަމާ (އާދީއްތަ ދުވަހު) އިރުއޮއްސޭ ގަޑީގައި އެގައުމުގައި ދިރިއުޅޭ އެކި ގައުމުތަކުގެ ހުރިހާ މުސްލިމުން މިކަމުގައި ބައިވެރިވެދިނުމަށެވެ.

މި ހިނގާ ޛުލް ގަޢިދާ މަހަކީ އޮނަތިރީސް ދުވަހުގެ މަހަކަށް ވާނެކަމަށްވަނީ ބެލެވިފައެވެ. ސުޕްރީމް ކޯޓުން އެދިފައިވަނީ ހަމަލޮލުން ނުވަތަ ދުރުމީ އަޅައިގެން ބެލި ބެލުމަށް އެދުވަހު ހަނދު ފެނުނުނަމަ ، އެންމެ ކައިރީގައި ހުރި ކޯޓަކަށް އެމީހަކު ގޮސް ހެކިބަސްދިނުމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން