މި އަހަރު ނިމޭއިރު ތުރުކީގެ އެކްސްޕޯޓް 265 ބިލިއަން ޑޮލަރަށް މަތިކުރަން އަމާޒުހިފާފައިވާކަމަށް އެގައުމުގެ ރައީސް ރިޝެޕް ތައްޔިޕް އެރްދުގާން ވިދާޅުވެއްޖެއެވެ.
އިއްޔެ ރައީސް އެރްދުގާން މިހެން ވިދާޅުވީ ތުރުކީގެ އެކްސްޕޯޓަރުން ބޭއްވި 30 ވަނަ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. "މޭޑް އިން ތުރުކިއެ ، މަރުކާ ޖަހާފައިވާ އުފެއްދުމެއް ދުނިޔޭގެ ކޮންމެ ބިތަކުން ފެނުނުކަމުގައިވިޔަސް ، އެހިސާބަކަށް އެއުފެއްދުމެއް ފޯރުކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް ، މިއަދު އަދާކުރަނީ އަޅުގަނޑުމެންގެ އެކްސްޕޯޓަރުން." ރައީސް އެރްދުގާން ވިދާޅުވިއެވެ.
އަދިވެސް އެރްދުގާން ވިދާޅުވި، "ދުނިޔޭގެ އިގްތިޞާދީ މަންޒަރު ބަނަކޮށް ދެއްކިކަމުގައިވިޔަސް، މިއަހަރު ނިމެންވާއިރަށް އެކްސްޕޯޓް 265 ބިލިއަން ޑޮލަރަށް އިތުރުކޮށް އަންނައަހަރު މިއަދަދު 285 ބިލިއަން ޑޮލަރަށް އިތުރުކުރަން ބޭނުންވޭ.".
މި ޖަލްސާގައި ރައީސް އެރްދުގާންވަނީ މިދިޔަ ފެބްރުވަރީ މަހު ތުރުކީގެ ދެކުނަށް އައި ދެބިންހެލުމުން އެގައުމުގެ އިގްތިޞާދަށް އެރި ލޮޅުންތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ.
"ބިންހެލުމުގެ ސަބަބުން އިގްތިޞާދަށް އެރި ލޮޅުންތައް ދަނީ ފިލަމުން. ގަރުނުގައި ކުރިމަތިވި އެންމެ ބޮޑު ކާރިޘާގެ ތެރެއިންމެ، އަޅުގަނޑުމެންގެ އެކްސްޕޯޓްދަނީ އިތުރުވަމުން." އެރްދުގާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު