ޔަމަނުގެ ވެރިރަށް ޞަންޢާއިން 2016 ވަނަ އަހަރަށް ފަހު، ފުރަތަމަ ފަހަރަށް ސަޢުދީ ޢަރަބިއްޔާޔަށް މަތިންދާބޯޓެއް ދަތުރުކޮށްފިއެވެ.
ސަޢުދީ ޢަރަބިއްޔާއިން މިދިޔަ ހުކުރު ދުވަހު ބުނި ގޮތުގައި މިބޯޓުގައި އެގައުމުގެ ޖިއްދާގެ ޢަބްދުލް ޢަޒީޒް އިންޓަރނޭޝަނަލް އެއާޕޯޓަށް ދަތުރުކުރީ ޔަމަނުގެ 277 ހައްޖުވެރިންނެވެ. ޞަންޢާގެ ވައިގެ ބަނދަރުގެ ހަރަކާތްތައް ހުއްޓިފައިވަނީ މީގެ ހަތް އަހަރު ކުރިން ސަޢުދީންނާއި ބައިވެރިން ފެށި އަސްކަރީ އޮޕަރޭޝަނާއި ގުޅިގެންނެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ޞަންޢާގެ އެއާޕޯޓުން މާދަމާއާއި މާދަމާނޫން އަނެއް ދުވަހު ، ކޮންމެ ދުވަހަކު ބޯޓެއްގެ މަގުން ، ސަޢުދީއަށް ހައްޖުވެރިން އުފުލާނެއެވެ.
ޞަންޢާ ސަރުކާރުގެ ވާރކްސް މިނިސްޓަރ ޣާލިބް މުޠްލަގް ވިދާޅުވި ގޮތުގައި ޞަންޢާއިން މިއަހަރު ޙައްޖަށް ދާން ބޭނުންވެފައި ތިބި 24،000 މީހުން ، ވައިގެ މަގުން ޙައްޖަށް ގެންދެވުނުނަމަ ، ވައިގެ މަގުން 200 ދަތުރުކުރަންޖެހުނީހެވެ. އޭނާ ވިދާޅުވި ގޮތުން ، މީގެ ތެރެއިން ގިނަ މީހުން ސަޢުދީއަށް ދިޔައީ އެއްގަމު މަގުންނެވެ. އޭނާ ވިދާޅުވި ގޮތުގައި އެއްގަމު މަގުން ހައްޖުވެރިން ކުރާ ދަތުރަކީ ވަރަށް ނުރައްކާތެރި ދަތުރެކެވެ.
ސަޢުދީން ޔަމަނާއި ދެކޮޅަށް މީގެ ހަތް އަހަރު ކުރިން ފެށި އަސްކަރީ އޮޕަރޭޝަން ފެށުމުގެ ކުރިން ، ޞަންޢާގެ ވައިގެ ބަނދަރުން ދުވާލަކު 5000 ފަސިންޖަރުން 50 ބޯޓުގައި އުދުހިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު