2016 ވަނަ އަހަރު ތުރުކީވިލާތުގެ ވެރިރަށް އަންކާރައިގައި އަވަހާރަކޮށްލި ރޫސީވިލާތުގެ ސަފީރު، އަންދްރެއި ކަރްލޮވް އަވަހާރަކޮށްލުމަށް އަމުރުކުރި މީހާ އެމެރިކާއިން ފެނިއްޖެއެވެ.
މިކަމަށް އަމުރުކުރިކަމަށް ޝައްކުކުރެވޭ ، ޓެމެލް އަލްސަންޖަކް ނިސްބަތްވަނީ ފެތުއްލާ ގޫލެންގެ ނަމަކަށް ފީޓޯއޭ ކިޔާ ޓެރަރިސްޓް ޖަމާޢަތަށްކަމަށް ތުރުކީވިލާތުން ބުނެއެވެ.
ތުރުކީވިލާތުން ބުނާ ގޮތުގައި ރޫސީ ސަފީރު އަވަހާރަކޮށްލީ އޮފް ޑިއުޓީގައި ހުރި ފުލުސް އޮފިސަރެއްކަމަށްވާ މެވްލުޓް މެރުޓް އަލްޓިންޓާސް އެވެ. މެވްލުޓް މިކުށްކުރީ އަލްސަންޖަކްގެ ފަރާތުން އައި އަމުރަކާއި އެއްގޮތަށް ، ރޫސީ ސަފީރު މަޢުރަޒެއްގައި ހުންނަވަނިކޮށްކަމަށް ތުރުކީވިލާތުން ކުރި ތަޙްގީގަށް އެނގިފައިވެއެވެ. ފުލުހުންނާއި ދެމެދު ބަދަލުކުރި ބަޑީގެ ހަމަލާއެއްގައި މެވްލުޓްވަނީ މަރުވެފައެވެ.
ތުރުކީގެ ސަބާ ނޫހުގެ ތަޙްގީގީ ރިޕޯޓެއް ބުނާ ގޮތުގައި ރޫސީ ސަފީރު އަވަހާރަކޮށްލުމުގައި ބައިވެރިވިކަމަށް ޝައްކުކުރެވޭ އަލްސަންޖަކް ވަނީ ސަފީރު އަވަހާރަކޮށްލުމާއި އެކުގައިހެން ފިލައިގެން ޖަރުމަނުވިލާތަށް ، އަދި އެއަށްފަހު އެމެރިކާގެ ޓެކްސަސްގެ ޑެލަސްއަށް ގޮސްފައެވެ.
ފީޓޯ ޖަމާޢަތުގައި އަލްސަންޖަކަކީ "ސިއްރު އިމާމެކެވެ". ސިއްރު އިމާމުންގެ މަސައްކަތަކީ "ފީޓޯގެ ގާނޫނު" ތަންފީޒުކުރުމެވެ. މި ސިއްރު އިމާމުންގެ މަސައްކަތަކީ ތުރުކީ ސަރުކާރުގެ މުއައްސަސާތަކުގައި ފީޓޯ ޖަމާޢަތަށް ވަފާތެރި ބަޔަކު ބައިތިއްބައިގެން އެޖަމާޢަތުން ބޭނުންވާ ކަންތައްތަކެއް ކުރުމެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ފީޓޯ ޖަމާޢަތަށް ވަފާތެރި ، މިކަހަލަ އެތައް ބަޔަކު ތުރުކީ ސަރުކާރުގެ މުއައްސަސާތަކުގައި ހަރަކާތްތެރިވެއެވެ.

ކިޔުންތެރިންގެ ހިޔާލު