މިދިޔަ އަހަރު ރޫސީވިލާތާއި އީރާނާއި ދެމެދު ކުރި ވިޔަފާރި ވިހި އިންސައްތަ މައްޗަށް ގޮސްފައިވާކަމަށް ރޫސީވިލާތުގެ ވިޔަފާރިވެރިންގެ ޖަމްޢިއްޔާއިން ބުނެފިއެވެ.
ރޫސީ ވިޔަފާރިވެރިންގެ ޖަމްޢިއްޔާގެ ރައީސް ސަރްގެއި ކަޓީރިން ވިދާޅުވި ގޮތުގައި މިދިޔަ އަހަރު އިރާނާއި ރޫސީވިލާތާއި ދެމެދު ވަނީ 4.9 ބިލިއަން ޑޮލަރުގެ ވިޔަފާރިކުރެވިފައެވެ. އެއީ 2021 ވަނަ އަހަރާއި އަޅާކިޔާއިރު، ވިހި އިންސައްތައިގެ ކުރިއެރުމެއްކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ދޭދޭ ގައުމުގެ ވިޔަފާރި ކުރިއަށް އޮތް ދިހައަހަރު ދުވަހުގެ ތެރޭގައި މީގެ ދިހަ ގުނަޔަށް ، 40 ބިލިއަން ޑޮލަރަށް އިތުރުވެގެންދާނެއެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި އީރާނުގެ ބާޒާރަށް ވަނުމަކީ ރޫސީ ކުންފުނިތައް ވަރަށް ބޮޑަށް ޝައުގުވެރިވާ ކަމެކެވެ. މި ޝައުގުވެރިކަމުގެ ސަބަބަކީ، އީރާނުގެ ތެރެއިންލާފައި މެދުއިރުމައްޗާއި ދެކުނު އޭޝިއާއާއި އިރު ދެކުނު އޭޝިއާގެ ބާޒާރުތަކަށް ވަންނަން ފަސޭހަވުމެވެ.
ސަރްގެއި ވިދާޅުވި ގޮތުގައި، ދަނޑުވެރިކަމާއި ޓެކްނޮލޮޖީއާއި ހަކަތައާއި އިންޖިނިއަރިންގާއި ފޮތިފޭރާމުގެ ވިޔަފާރިއާއި ފަތުރުވެރިކަމަކީ، އިރާނާއި ރޫސީވިލާތުން އެއްގައުމު އަނެއްގައުމަށް އެހީތެރިކަން ފޯރުކޮށްދެވޭނެ އަދި ގުޅިގެން ކުރިއެރުވޭނެ ދާއިރާތަކެކެވެ.
މިވަގުތު، އެމެރިކާއިން އެންމެ ވަރުގަދަޔަށް ، އިގްތިޞާދީ ގޮތުން ދަތިކޮށްފައިވާ ގައުމަކީ ރޫސީވިލާތެވެ. އެލިސްޓުގެ ދެވަނައިގައި އޮތީ އީރާނެވެ. އީރާނާއި ރޫސީވިލާތާއި ދެގައުމުގެ ދެމެދުގައި ކުރާ ވިޔަފާރީގެ މުއާމަލާތްތައް ކުރުމަކަށް އެމެރިކާ ޑޮލަރު ބޭނުމެއްނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު