ސޯޝަލް މީޑިއަރ އިންފްލުއެންސަރއެއް ކަމަށްވާ ސުއިހުއާ އޭނާގެ ބަރުދަން ލުއި ކުރުމަށް މަސައްކަތް ކުރަނިކޮށް ކުއްލިގޮތަކަށް މަރުވެއްޖެ އެވެ.

ޗައިނާގެ ސޯޝަލް މީޑިއަރ އިންފްލުއެންސަރއެއް ކަމަށްވާ ސުއިހުއާ އޭނާގެ ބަރުދަން ލުއި ކުރުމުގެ ދަތުރު ސޯޝަލް މީޑިއާގައި ރިކޯޑު ކުރަމުން ބަރުދަން ލުއި ކުރުމުގެ ޕްރޮގްރާމްއެއްގައި ބައިވެރިވިއެވެ.

މިޕްރޮގްރާމްގައި އޭނާގެ ބަރުދަނުގެ ދެބައިކުޅަ އެއްބައި ލުއި ކުރުމުގެ މަސައްކަތް ކުރުމަށް ކުރި މަސައްކަތުގައި އޭނާގެ ފޮލޯވަރުންގެ ފަރާތުން އެއްބާރުލުން ލިބުނެވެ. އަދި އެމަސައްކަތްވީ ގިނަ ބަޔަކު ބަރުދަން ލުއި ކުރުމަށް ހިއްވަރު ލިބިގެންދިޔަ ކަމެއް ކަމުގައި ވީނަކަވެސް ސުއިހުއާ މަރުވުމުން، ބޫޓް ކޭމްޕްގައި ބައިވެރިވެ މުޅި ދުނިޔެއަށް ހިއްސާކުރަމުންދިޔަ އެހެންމީހުންނަށް 'އިންފްލުއެންސް' ނުވަތަ އެހެން މީހުންނަށް ނަމޫނާ ދެއްކުމުގެ އިންފްލުއެންސިން އިންޑަސްޓްރީ ރެގިއުލޭޓް ކުރުމަށް ސޯޝަލް މީޑިއާގައި މީހުން އަޑުއުފުލަންވަނީ ފަށާފައެވެ. އަދި 21 އަހަރުގެ ސުއިހުއަރ ދުނިޔެއާ ވަކިވުމުން، މީޑިއާގައި އެކިއެކި މައުލޫމާތުތައް ފޯރުކޮށްދިނުމުގެ ކުރިން، މިފަދަ ބޫޓް ކޭޕްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުމުގެ މުހިންމުކަމާއި އަންހެނުން ވަކިކަހަލަ 'ބިއުޓީ ސްޓޭންޑަރޑް'އަކަށް ފެތުމަށް އޮންނަ ޕްރެޝަރ މީހުންގެ ސަމާލުކަމަށްވެސް މިވަނީ އައިސްފައެވެ.

ޗައިނާގެ ޓިކްޓޮކް ވާޝަން ދޮއުޔިންގައި ރިކޯޑް ކުރަމުން އޭނާގެ 10،000 އަށްވުރެ ގިނަ ފޮލޯވަރުންނާއި އޭނާގެ ބަރުދަން ލުއިކުރުމުގެ ދަތުރު ހިއްސާކުރަމުންދިޔައީ އޭނާގެ ބަރުދަން 156 ކިލޯއިން 56 ކިލޯއަށް ދަށްކުރުމަށެވެ. އޭނާގެ ވީޑިއޯ ތަކުގައި ދުވާ މަންޒަރާއި ކަސްރަތު ކުރުމާއި ޞިއްޙަތަށް ފައިދާހުރި ލައިފްސްޓައިލް ދައްކުވައިދެއެވެ.

އޭނާގެ އާޢިލާއިން ބުނިގޮތުގައި އޭނާވަނީ ގިނަ ބޫޓް ކޭމްޕްތަކެއްގައި ބައިވެރިވެ ދެމަސްދުވަހުގެ ތެރޭގައި 27 ކިލޯ ލުއިކޮށްފައެވެ. އަދި އޭނާ މަރުވާން މަރުވާން މެދުވެރިވީ ބަރުދަން މާބޮޑަށް ލުއިކުރުމަށް މަސައްކަތްކުރުމުން ކަމަށެވެ. މީގެއިތުރުން އާޢިލާއިން ބުނީ އޭނާ މަރުވުމުގެ 2 ދުވަސްކުރިން އެންމެ ފަހުން ގޮސްފައިވަނީ ޝާންޒީ ޕްރޮވިންސްގައި ހިންގި ބޫޓް ކޭމްޕަކަށް ކަމަށާއި އެތަނުން ބަރުދަން ލުއިކުރުމަށް ކަސްރަތު ކުރުވުމުގެ އިތުރުން ރަނގަޅު މީލްޕްލޭންއެއްވެސް ދިންކަމަށެވެ. އެހެންނަމަވެސް، އަވަހަށް ލުއިވުމުގެ ބޭނުމުގައި ސުއިހުއާ ވަނީ ކެއުން މަދުކޮށް، ވަރުގަދަ 'އިންޓެންސް' ކަސްރަތުތައް ކުރިއަށް ގެންގޮސްފައެވެ.

އޭނާގެ ޓްރެއިނިން ވީޑިއޯތައް މިހާރުވަނީ ޗައިނާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްއިން ނަގާފައެވެ. އަދި އޭނާގެ ފޮޓޯތައްވެސް ވަނީ ޑިލީޓްކޮށްލާފައެވެ. އަދި އޭނާ މަރުވުމުން ޝާންޒީ ވެއިޓްލޮސް ކޭންޕުން އޭނާގެ ބެލެނިވެއިންނަށްވަނީ ބަދަލު ދީފައިކަމަށްވެސް ރިޕޯޓްކުރެވިފައިވެއެވެ.

ސުއިހުއަރ ގެ މަރުގެ ޙަޤީޤަތް ޕްރޮވިންސްގެ ކަމާބެހޭ އިދާރާއިންދަނީ ތަހުޤީގުކުރަންފަށައި ބޫޓް ކޭމްޕްގައި އެކަށީގެންނުވާ ވަރަށް 'އިންޓެންސް' ކަސްރަތުތައް ކުރުވާފައިވޭތޯ ދިރާސާކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން