ދުނިޔޭގެ ރެފިއުޖީންގެ ދުވަސް އިއްޔެ ފާހަގަކުރިއިރު، ބަންގްލަދޭހުގައި، ކޭމްޕުތަކުގައި، ދިރިއުޅެމުންދާ ރޮހިންޖާ މުސްލިމުން ދިޔައީ ހައިހޫނުކަމާއި ހަނގުރާމަކުރަމުންނެވެ.
ރިޕޯޓުތައް ބުނާ ގޮތުން، މިހައިހޫނުކަމުގެ ސަބަބުން ބައެއް އާއިލާތަކުންދަނީ އުމުރުން ތޭރަ، ސާދަ އަހަރުގައި، އެމީހުންގެ އަންހެން ދަރިން ކައިވެނީގެ ގުޅުމުގެ ތެރެއަށް ހުށަހަޅަމުންނެވެ.
މި ކޭމްޕުތަކުގައި ދިރިއުޅެމުންދާ މިލިއަނެއްހާ ރެފިއުޖީން ހައިހޫނުކަމާއި ކުރިމަތިލާންޖެހުނީ، އ.ދން ދެމުންދިޔަ ކާބޯތަކެތީގެ އެހީ، ކޮންމެ ކެއުމަކަށް ނުވަ ސެންޓަށް މިމަހުން ފެށިގެން ކުޑަކުރުމާއި ގުޅިގެންނެވެ.
ދުނިޔޭގައިވާ އެންމެ ބޮޑު ރެފިއުޖީ ކޭމްޕުގައި، ކާބޯތަކެއްޗަށް ، އ.ދން ކުރަމުންދިޔަ ހޭދަ މިހާ ބޮޑަށް ދަށްވުމާއި ގުޅިގެން ، ރެފިއުޖީންގެ މެދުގައި ކާޑުބަލި ޢާންމުވެ، ޅަފަތުގައި މަރުވާ މަރުވުން ވަރަށް ބޮޑަށް އިތުރުވެދާނެކަމަށް ވަނީ ބެލެވެން ފަށާފައެވެ.
"ކެއުންބުޔުމުގެ ކަންތައް ހަމަޖެއްސުމަށް ރޮހިންޖާ ރެފިއުޖީން މިވަނީ ހިތްނޭދޭ ފަދަ ކަންތައްތަކެއް ކުރަންޖެހިފައި. މިކަމުގެ ނަތީޖާ ވަރަށް ގޯސްވާނެ" ، މިޔަންމާގައި އޮތް ބިރުވެރި ހާލަތުން ސަލާމަތްވެގެން ، ބަންގްލަދޭހަށް ދިޔަ ރެފިއުޖީންނަށް އެހީވުމަށް ދުނިޔޭގެ ކާބޯތަކެތީގެ ޖަމްޢިއްޔާއިން ހިންގާ ޕްރޮގްރާމުގެ ޑެޕިއުޓީ ޑިރެކްޓަރ ސިމޯން ޕާޗްމަންޓް ވިދާޅުވިއެވެ.
އ.ދން ދެމުން ދިޔަ ކާބޯތަކެތީގެ އެހީގެ މިންވަރު ވަރަށް ބޮޑުތަނުން ކުޑަކުރުމާއި ގުޅިގެން، މި ކޭމްޕުތަކުގައި ކުށްކުރުން ގިނަވެ، ކޭމްޕުތަކުގެ ތެރޭގައި އޮތް ހަމަޖެހުން ގެއްލި، ވިޔަފާރީގައި ގަނެ ވިއްކޭ އެއްޗަކަށް އިންސާނުން ބަދަލުވެ ، މިފަދަހާ ނުބައި ކަންތައްތަކެއް ހިނގަން ފަށާފާނެކަމަށް އެހީދޭ ޖަމްޢިއްޔާތަކުންދަނީ ބުނަމުންނެވެ.
މިފަދަ ނުރައްކާތެރި ދަތި ހާލުގައި ނުއުޅެ، ކޭމްޕުތައް ދޫކޮށް އެހެން ދިމަދިމާޔަށް ، ރެފިއުޖީން ދާން ފަށައިފިނަމަ ، ސަރަހައްދުގެ ގައުމުތަކަށް ، މިކަމުގެ ނުރައްކާ ވަރަށް ބޮޑުވާނެކަމަށް އެހީދޭ ޖަމްޢިއްޔާތަކުން ބުނެ، އިންޒާރުދެއެވެ.

ކިޔުންތެރިންގެ ހިޔާލު