ދުނިޔެއަށް މަޝްހޫރު ޓެސްލާ ކުންފުނީގެ ވެރިޔާ އީލާން މަސްކް އިއްޔެ، އެމެރިކާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ބައްދަލުކުރަށްވަވާ މަޢުލޫމާތުތަކެއް ދެއްވައިފިކަމަށް ރޮއިޓާސް ނޫހުން ބުނެފިއެވެ.

މިކަމުގެ މަޢުލޫމާތު ފުރިހަމަޔަށް ލިބިގެންހުރި މީހެއްކަމަށް ބުނާ ، އެމީހާގެ ނަން ނުލިޔެ އޭނާޔާ ހަވާލާދީ ރޮއިޓާސް ނޫހުން ބުނީ މޯދީއަށް މަސްކް ދެއްވި މަޢުލޫމާތުތައް ގުޅިފައިވަނީ އިންޑިއާގައި ޓެސްލާއިން ކުރަން ރާވާފައިވާ އިންވެސްޓްމެންޓްތަކާއެވެ.

ޓެސްލާއިންވަނީ އެކުންފުނީގެ އުފެއްދުންތައް އުފައްދާ ކާރުޚާނާތަކެއް އިންޑިއާގައި ގާއިމުކުރަން ނިންމާފައެވެ. ރޮއިޓާސްއަށް މިމަޢުލޫމާތު ދިން ފަރާތުން ބުނެފައިވާ ގޮތުގައި މަސްކާއި މޯދީގެ ބައްދަލުވުމަކީ ސިއްރު ބައްދަލުވުމެކެވެ.



ޓެސްލާ ކުންފުނި ހިންގުމުގައި ހަރަކާތްތެރިވާ ވެރިންގެ ތެރެއިން ބަޔަކު މިދިޔަ މަހު ވަނީ އިންޑިޔާއަށް ދަތުރެއްކޮށް އިންޑިއާ ސަރުކާރުގެ ވެރިންނާއި ބައްދަލުކޮށްފައެވެ. މިބައްދަލުވުންތަކުގައި ވާހަކަދެކެވިފައިވަނީ ޓެސްލާއިން އުފައްދާ ކާރާއި ބެޓެރީ ، އުފެއްދުމަށް، އިންޑިއާގައި ކާރުޚާނާތަކެއް ގާއިމުކުރުމާއިބެހޭ ގޮތުންނެވެ.



ކިޔުންތެރިންގެ ހިޔާލު