ގަތަރުން ޗައިނާއަށް ގޭސްވިއްކުމަށް އެއްބަސްވުމެއްގައި ޗައިނާގެ ގައުމީ ތެޔޮ ކުންފުނި ޗައިނާ ނޭޝަނަލް ޕެޓްރޯލިއަމް ކޯޕަރޭޝަނާއެކު މިދިޔަ އަންގާރަ ދުވަހު ސޮއިކޮށްފިއެވެ.
މިދިއަ އަހަރު ނޮވެމްބަރުގައިވެސް ގަތަރުންވަނީ މިފަދަ އެއްބަސްވުމެއްގައި ޗައިނާގެ ގައުމީ އެހެން ކުންފުންޏެއްކަމަށްވާ ސައިނޯޕެކްއާއެކު އެއްބަސްވުމެއްގެއި ސޮއިކޮށްފައެވެ. ކުރީގެ އެއްބަސްވުމެކޭ އެއްގޮތަށް މިއެއްބަސްވުމަކީވެސް 27 އަހަރުގެ ދިގު މުއްދަތަކަށް ގޭސް ފޯރުކޮށްދޭން ވެފައިވާ އެއްބަސްވުމެކެވެ.
ގަތަރުން އުފައްދާ ގޭސް މައިގަނޑު ގޮތެއްގައި ގަންނަނީ ޗައިނާއާއި ޖަޕާނާއި ދެކުނު ކޮރެއާއިންނެވެ. ނަމަވެސް ޔުކްރޭނުގައި ހިނގަމުންދާ ހަމަނުޖެހުމާއި ގުޅިގެން ޔޫރަޕުގެ ގައުމުތަކުންވެސް މިހާރުދަނީ ގަތަރުން ގޭސް ގަންނަމުންނެވެ.
"އުތުރުގެ ގޭސްވަޅު އިރުމައްޗަށް ބޮޑުކުރުމުގެ މަޝްރޫޢުގެ ދަށުން ، ކުރިއަށް އޮތް 27 އަހަރު ދުވަހުގެ މުއްދަތަށް ، ގަތަރުން ޗައިނާއަށް އަހަރަކު 4 މިލިއަން ޓަނުގެ ގޭސް ކޮންމެ އަހަރަކު ފޯރުކޮށްދޭނެ" ، އެއްބަސްވުމުގައި ސޮއިކުރަން ގަތަރުގެ ވެރިރަށް ދޯހާގައި ބޭއްވި ރަސްމިއްޔާތުގައި ގަތަރުގެ ހަކަތައާއިބެހޭ ވަޒީރު ސަޢުދް ޝުރައިދަތުލް ކަޢުބީ ވިދާޅުވިއެވެ.
ޗައިނާއާއި ގަތަރުން ވެފައިވާ އެއްބަސްވުންތަކުގެ އަގު މީޑިއާއަށް ހާމަކޮށްފައެއްނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު