އިލެކްޓްރޯނިކްސް އާލާތްތަކުގައި ބޭނުންކުރާ މެމަރީ ޗިޕް އުފައްދާ އެމެރިކާގެ ކުންފުނި މައިކްރޮން ޓެކްނޮލޮޖީއިން އިންޑިއާގައި ކާރުޚާނާއެއް އެޅުމަށް ތައްޔާރުވެއްޖެއެވެ.
މައިކްރޮން ކުންފުނިން އިންޑިއާގެ ގުޖުރާތުގައި އަޅާ ކާރުޚާނާ އެޅުމަށް އެކުންފުނިން 825 މިލިއަން އެމެރިކާ ޑޮލަރު ހޭދަކުރާނެއެވެ. ގުޖްރާތުގައި މައިކްރޮން ކުންފުނިން އަޅާ ކާރުޚާނާގައި މައިގަނޑު ގޮތެއްގައި ކުރަން ރާވާފައިވަނީ ޗިޕް އެސެމްބްލްކުރުމާއި ޗިޕް ޓެސްޓްކުރުމުގެ މަސައްކަތެވެ. މިއީ މިކުންފުނިން އިންޑިއާގައި އަޅާ މިފަދަ ފުރަތަމަ ކާރުޚާނާއެވެ.
މައިކްރޮން ކުންފުނިން ބުނި ގޮތުގައި މި މަޝްރޫޢަށް އިންޑިއާގެ މަރުކަޒީ ސަރުކާރާއި ގުޖްރާތުގެ ސަރުކާރާއި އަދި އެކުންފުނިން، އެކު ޖުމުލަ 2.75 ބިލިއަން ޑޮލަރު ޚަރަދުކުރާނެއެވެ. މި 2.75 ބިލިއަން ޑޮލަރުގެ ދެބައިކުޅަ އެއްބައި ހޭދަކުރާނީ އިންޑިއާގެ މަރުކަޒީ ސަރުކާރުން އަދި ފަސްބައިކުޅަ އެއްބައި ހޭދަކުރާނީ ގުޖްރާތު ސަރުކާރުންނެވެ.
ރޮއިޓާސް ނޫހުން ބުނާ ގޮތުގައި ބޮޑުވަޒީރު ނަރެންދުރަ މޯދީ މިދިއަ ބުދަ ދުވަހު އެމެރިކާއަށް ވަޑައިގެންނެވުމުގެ ކުރިން ، އިންޑިއާގެ މަރުކަޒީ ސަރުކާރުގެ ކެބިނެޓުން މި އިންވެސްޓްމަންޓަށްވަނީ ހުއްދަދީފައެވެ.
މައިކްރޮން ކުންފުނިން ބުނާ ގޮތުގައި މިކާރުޚާނާ އިމާރާތްކުރުމުގެ މަސައްކަތް މިއަހަރު ފަށާނެއެވެ އަދި މިކާރުޚާނާގައި ޗިޕް އުފެއްދުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެއެއެވެ.

ކިޔުންތެރިންގެ ހިޔާލު