އިންޑިއާގައި ދީނީ ތަފާތުކުރުމެއް ނެތްކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.
މޯދީ މިހެން ވިދާޅުވެފައިވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޯދީގެ ސަރުކާރުގެ ދަށުން މައިނޯރިޓީ ޖަމާއަތްތަކުގެ މެދުގައި ތަފާތުކުރުން އޮތްކަން ދޮގުކުރައްވާ ވާހަކަދައްކަވަމުންނެވެ.
މިނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ ވައިޓް ހައުސްގައި މޯދީއާއެކު ބޭއްވި މަޝްވަރާތަކުގައި އިންސާނީ ހައްގުތަކާއި އެހެނިހެން ޑިމޮކްރެޓިކް ގުޅުންތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވި ކަމަށެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި "އިންޑިއާގައި މުސްލިމުންނާއި އެހެން މައިނޯރިޓީ ޖަމާއަތްތަކުގެ ހައްގުތައް ރަނގަޅުކުރުމަށާއި މިނިވަންކަން ދެއްކުމުގެ ހައްގުތައް ދަމަހައްޓަން" އަޅަން ހުރި ފިޔަވަޅުތަކާ ބެހޭގޮތުން ނޫސްވެރިޔަކު ސުވާލު ކުރުމުން މޯދީ ވިދާޅުވީ އެކަންކަން ރަނގަޅު ކުރަން ޖެހޭ ހިސާބަކަށް ކަންކަން ނުދާ ކަމަށެވެ. އަދި އެއީ މިނިވަން ގައުމެއް ކަމާއި، ދީނީ ޖަމާއަތްތަކާއި އެހެނިހެން މައިނޯރިޓީ ޖަމާއަތްތަކުގެ މެދުގައި ތަފާތު ކުރުމެއް ނޯންނާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ގާނޫނުއަސާސީއާއި އަޅުގަނޑުމެންގެ ސަރުކާރުން ސާބިތުކޮށްދީފައިވަނީ ޑިމޮކްރަސީއަށް ވާސިލުވެވޭނެކަން. އަޅުގަނޑު ޑިމޮކްރަސީއަށް ވާސިލުވެވޭނެކަން ބުނާއިރު މީހުންގެ ވިސްނުމާއި، ޢަޤީދާ، ދީން، ޖިންސު، މިކަންކަމުގައި އެއްވެސް ތަފާތުކުރުމަކަށް ޖާގައެއް ނެތް (އަޅުގަނޑުގެ ސަރުކާރުގައި)،" ނޫސްވެރިޔާ ކުރި ސުވާލަށް ޖަވާބުދެއްވަމުން މޯދީ ވިދާޅުވި އެވެ.
މޯދީ އެހެން ވިދާޅުވިނަމަވެސް، އިންސާނީ ހައްގުތަކާއި ދީނީ މިނިވަންކަމާ ބެހޭ ރިޕޯޓްތަކުގައި ސްޓޭޓް ޑިޕާޓްމަންޓުން ވަނީ އިންޑިއާގެ މުސްލިމުންނާއި ހިންދޫއިންނާއި، ކްރިސްޓިއަނުންނާއި އެހެނިހެން ދީނީ މައިނޯރިޓީތަކާ މެދު ކަންބޮޑުވުން ފާޅުކޮށް، ނޫސްވެރިންނާ ދެކޮޅަށް ނުހައްގުން ފިޔަވަޅު އެޅުމުގެ ކަންކަން ފާހަގަކޮށްފައެވެ. އަދި މިކަންކަމާއި ބެހޭގޮތުން ބައިނަލް އަގުވާމީ ފަރާތްތަކުން ދަނީ އަދިވެސް ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު