ވެގްނަރ ގްރޫޕްގެ ކުލީސިފައިން ރަޝިޔާގެ ވެރިރަށް މޮސްކޯއާ ދިމާއަށް ދިޔަދިއުން މަޑުޖައްސާލައިފައިވާ ކަމަށް ވެގްނަރ ގްރޫޕްގެ ވެރިޔާ ޖެނެރަލް ޔެވްގެނީ ޕްރިގޯޒިން ވިދާޅުވެއްޖެއެވެ.
ވެގްނަރ ގްރޫޕްގެ ވެރިޔާ ޖެނެރަލް ޔެވްގެނީ ޕްރިގޯޒިން ނެރުނު އޯޑިއޯ މެސެޖެއްގައި ވިދާޅުވީ އޭނާގެ ހަނގުރާމަވެރިން މަޑުޖައްސާލަން އަމުރުކޮށްފައިވާ ކަމަށެވެ. ސަބަބަކީ "ލޭއޮހޮރުވުމެއް" ހިނގިޔަ ނުދިނުމަށް ކަމަށް ޔެވްގެނީ ވިދާޅުވިއެވެ.
ޖެނެރަލް ޔެވްގެނީ ވިދާޅުވީ ކުލީ ސިފައިން އެރުން މަޑުޖައްސާލަން އަމުރުކުރިއިރު، އޭނާގެ ގްރޫޕްގެ މެމްބަރުން ތިބީ ވެރިރަށް މޮސްކޯއާ 200 ވަރަކަށް ކިލޯމީޓަރު ދުރުގައި ކަމަށެވެ.
މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ވެގްނަރ ގްރޫޕްގެ ހަރަކާތްތައް މަޑުޖައްސާލުމަށް އެގުރޫޕްގެ ވެރިޔާ އާއި ބެލަރޫސްގެ ރައީސް އެލެގްޒެންޑަރ ލުކަޝެންކޯ ވަނީ މަޝްވަރާ ކުރަށްވާފައެވެ.
ޖެނެރަލް ޔެވްގެނީވަނީ ބެލަރޫސްގެ ރައީސްގެ ހުށަހެޅުއްވުން ގަބޫލުކޮށް، މޮސްކޯއާ ދިމާއަށް ކުރިއަށްދިއުން މަޑުޖައްސާލަން އެއްބަސްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ރަޝިޔާ ސަރުކާރާއި ދެކޮޅަށް ވެގްނާ އިން ބަޣާވާތެއް އިއުލާންކުރުމާއި ގުޅިގެން ރަޝިޔާ ސިފައިން މޮސްކޯ ވަށައިގެން ހަތިޔާރާއެކު އެތުރި، ފުލުހުން ބޮޑެތި ހައިވޭތައް ބަންދުކޮށް ފޯރިމަރަން ވަނީ ފަށާފައެވެ. އެކަމާ ގުޅިގެން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް ވެރިރަށް މޮސްކޯގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާންކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު