ސިއްރުން ރިކޯޑު ކުރުމަށް އޮފީސް ސްޕޭސްގަޔާއި ހޮޓެލް ރޫމް އަދި ޕަބްލިކް ރެސްޓް ރޫމްތަކުގައި ހަރުކުރެވޭ ކެމެރާތަކަކީ ޕްރައިވެސީއަށް އަރައިގަނެ ރިކޯޑު ކުރަން ނުޖެހޭ މަންޒަރުތައް ރިކޯޑު ކުރުމަށް މިހާރަކަށް އައިސް ބޭނުންކުރެވެމުންދާ ނުރައްކާތެރި އާލާތެކެވެ.

މިކަމުން ސަލާމަތްވުމަށް ފޯނު ބޭނުންކުރެވިދާނެއެވެ. އެހެންކަމުން މިއަދު މިބަލާލަނީ މޮބައިލް ފޯން ބޭނުންކޮށްގެން ސްޕައި ކެމެރާއެއް ހުރިތޯ ބެލިދާނެ ގޮތްތަކަށެވެ.

1. ހިޑެން ކެމެރާ ޑިޓެކްޓް ކުރާ އެޕްތައް؛

އެންޑްރޮއިޑް ފޯނުތަކަށް ހިޑެން ކެމެރާ ޑިޓެކްޓަރ ، އައިއޯއެސްއަށް ޑޯންޓް ސްޕައި -2 ފަދަ އެޕްލިކޭޝަންތައް ބޭނުންކޮށްގެން ސިއްރު ކެމެރާތައް ހޯދައިގަނެވޭނެއެވެ. އެޕްލިކޭޝަން ހުޅުވުމަށްފަހު ބޭނުންވާ ސަރަހައްދެއް ސްކޭން ކުރާށެވެ. އެ އެޕްލިކޭޝަންތަކުން ކެމެރާ އާއި މައިކްރޯފޯންތައް ފަދަ ޑިވައިސްއިން ދައުރުވާ އިލެކްޓްރޯ މެގްނެޓިކް ފީލްޑްތައް ދެނެގަނެ އަށް ސިގްނަލް ނަގައިގަނެއެވެ. އެއަށްފަހު ޑައިރެކްޝަން ބޭނުންކޮށްގެން ކެމެރާ ހުރި ދިމާ ހޯދޭނެއެވެ. މީގެ އިތުރުން ކެމެރާ ލެންސްތަކުން ލައިޓް ރިފްލެކްޓް ކުރާނެއެވެ. އެހެންކަމުން އެންޑްރޮއިޑް ފޯނުތަކަށް ގްލިންޓް ފައިންޑަރ، އެޕަލް ޑިވައިސްތަކަށް ފިންގ ފަދަ އެޕްލިކޭޝަން މެދުވެރިކޯށް މިފަދަ ރިފްލެކްޝަންތައް ދެނެގަނެވޭނެއެވެ.

2. ވައިފައި އަދި ބްލޫޓޫތު ކެމެރާ؛

ފޯނުން ވައިފައި އޮންކޮށްލައި ކައިރީގައި ހުރި ނެޓްވޯކްތައް ހޯދާލާށެވެ. އާއްމުކޮށް ރައުޓަރތަކުގައި ހުންނަ ނަން ނޫން ނަންނަން އަދި އައިކޮންއަށް ސަމާލުވާށެވެ. އާއްމުކޮށް ރައުޓަރ އަދި ސްޕީކަރ ފަދަ ޑިވައިސްތަކާއި ތަފާތު ޑިވައިސް ނަމެއް ހުރެއްޖެނަމަ ގޫގުލް ސާޗްކޮށްގެން ކަށަވަރުކުރެވިދާނެއެވެ. އަދި ވައިފައި އިން ހިޑަން ނެޓްވޯކްއެއް ހުރިނަމަ އެންޑްރޮއިޑް ފޯނަށް ވައިފައި އެނަލައިޒަރ އަދި އައިނެޓް ނެޓްވޯކްފަދަ އެޕްތަކުން ސްކޭން ކުރުމުންވެސް ފެނިދާނެއެވެ. ބްލޫ ޓޫތު އޮންކޮށްގެން އެވެއިލަބަލް ޑިވައިސް ސްކޭން ކުރުމުން ނަމެއް ނުހުންނަ އަދި ނުދަންނަ ގެޖެޓްތައް ފެންނަނަމަ އެތަކެތި ހޯދާށެވެ. އަދި ނަމެއް އަރައިފިނަމަ، ގޫގުލްއިން ހޯދައި އެއީ ކެމެރާއެއްތޯ ކަށަވަރުކުރާށެވެ.

3. އިންފްރާ ރެޑް ކެމެރާ؛

ކޮޓަރީގެ ހުރިހާ ބޮކިތަކެއް ނިވާލައި ފޯނުގެ ކެމެރާ ހުޅުވާލައި މުޅި ކޮޓަރި ސްކޭން ކޮށްލާށެވެ. ހުދު ކުލައިގެ ތިއްކެއް ނުވަތަ ނިވިދިއްލޭ ޑޮޓެއް ހަމަ ލޮލަށް ނުފެނުނަސް ކެމެރާއަށް އަރާނެއެވެ. މިފަދަ ޑޮޓެއް ފެނިއްޖެނަމަ އެއީ އިންފްރާރެޑް ކެމެރާއެއް ހުރިކަމުގެ އަލާމާތެކެވެ. ނަމަވެސް، ހުރިހާ ސްމާޓް ފޯންތަކުން އިންފްރާރެޑް ޑިޓެކްޓް ކުރެވޭކަށް ނުހުރެދާނެއެވެ. ތިމާ ގެންގުޅޭ ފޯނުން ބޭނުންކުރެވިދާނެތޯ ބެލުމަށް އައިއާރު ރިމޯޓެއް ނަގައި ފޯނުގެ ކެމެރާ ދިމާކޮށް ހުދު ޑޮޓެއް ފެންނަނަމަ ފޯނުން މިބުނާ އިންފްރާ ރެޑް ކެމެރާ ހޯދިދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން