ކަނޑުއަޑީގައި އޮތް ޓައިޓޭނިކް ބެލުމަށް، ޓައިޓަން ސަބްމެރީންގެ ދަތުރު ފެށީ މިމަހުގެ އަށާރަވަނަ ދުވަހުއެވެ. އެދުވަހަކީ އިނގިރޭސިވިލާތާއި އެމެރިކާއާއި ކެނެޑާއަށް ބައްޕައިންގެ ދުވަހެވެ.
ނަވާރަ އަހަރުގެ ޕާކިސްތާނީ ޒުވާނާ، ސުލައިމާން ދާއޫދަށް އަށާރަ ޖޫން ޚާއްޞަދުވަހަކަށްވީ، އޭނާގެ ބައްޕަ ޝާހްޒާދާ ދާއޫދަށް ބައްޕައިންގެ ދުވަހު ދޭ ހަދިޔާއެއްގެ ގޮތުގައި، ޓައިޓޭނިކް ބަލަން ކަނޑު އަޑިއަށް ޓައިޓަން ފީނި ދަތުރުގައި ބައިވެރިވެވުނީތީއެވެ.
ހިތްދަތި، ހިތާމަވެރި، މިވާހަކަ ކިޔައިދީފައިވަނީ، އިނގިރޭސި – ޕާކިސްތާނީ ވިޔަފާރިވެރިޔާ ޝާހްޒާދާގެ ދައްތަ އަޒްމާ ދާއޫދެވެ. ޓައިޓޭނިކަށް، ޓައިޓަން ކުރި ދަތުރުގައި "ޓައިޓަން އެތެރެޔަށް ގޮވާ"، އޭގައި ތިބި އެންމެންވަނީ މަރުވެފައެވެ.
ވީޑިއޯ އިންޓަވިއުއެއްގައި ވާހަކަދައްކަމުން، އޭނާޔަށް ބޮޑުދައިތަކިޔާ ޒުވާނާ، ސުލައިމާން، ގާތް ތިމާގެ އެހެން މީހެއްގެ ގާތުގައި ބުނެފައިވާކަމަށް ބުނެ، އަޒްމާ ބުނީ "އެދަތުރު ދާން ވަރަށް ބިރުގަންނަ،"ކަމަށް ސުލައިމާނު ބުނެފައިވާ ކަމަށެވެ.
ނަމަވެސް އަޒްމާ ބުނި ގޮތުގައި ޓައިޓޭނިކަށް އޯޝަންގޭޓުގެ ބާވީސް ފޫޓު ދިގު ސަބްމެރިން ކުރި ހިތާމަވެރި ދަތުރުކުރީ ބައްޕައިންގެ ދުވަހުގައިކަމަށްވެ، ބައްޕަގެ ހިތްހަމަޖައްސައިދިނުމުގެ ގޮތުން އެދަތުރުގައި ސުލައިމާން ބައިވިރިވީއެވެ.
ސުލައިމާނުގެ ބައްޕަ ޝާހްޒާދާއަކީ ވަރަށް ޅަފަތުން ފެށިގެން ޓައިޓޭނިކަށް މާވަރުގަދަ ލޯތްބެއް ހިތުގައި ބިންވަޅުނަގައިގެން އުޅޭ މީހެއްކަމަށް އޭނާގެ ދައްތަ އަޒްމާ ބުންޏެވެ. ޝާހްޒާދާއަކީ ޕާކިސްތާނުގެ އެންމެ ބޮޑެތި މަހުޖަނުންގެ ތެރޭގައި ހިމެނޭ މަހުޖަނެކެވެ.

ކިޔުންތެރިންގެ ހިޔާލު