ސްރީލަންކާގައި ގަވާޢިދާއި ޚިލާފަށް ގެންގުޅޭ ބަޑިއާއި ގޮވާތަކެތި ހޯދާ، ހިފުމަށް ބޭނުންވާ މަޢުލޫމާތު، ސިއްރުން، ފުލުހުންނަށް ދޭ ފަރާތްތަކަށް ކުރިން ދެމުން ދިޔަ ފައިސާގެ އިނާމަށްވުރެ ބޮޑު އިނާމެއް ދޭން އެގައުމުގެ ފުލުހުން ނިންމައިފިއެވެ.
ސްރީލަންކާގެ ފުލުހުން މިގޮތަށް މިކަން މިނިންމީ އެގައުމުގައި ކުރިޔާއި އަޅާބަލާއިރު، މިހާރު މާބޮޑަށް ކުށްކުރުން އިތުރުވެފައިވާތީއެވެ.
ފުލުހުން ބުނި ގޮތުގައި މިގޮތަށް ލިބޭ ސިއްރު މަޢުލޫމާތުގެ މައްޗަށް ބުރަވެގެން ކުރާ މަސައްކަތުން، މިއަދުން ފެށިގެން އަންނަ މަހުގެ އެއްތިރީހާ ހަމަޔަށް، ބަޑިއާއި ގޮވާ ތަކެތި ހިފުނުނަމަ އެކަމަށް މަގުފަހިކުރި، ސިއްރު މަޢުލޫމާތުތައް ދިން ފަރާތްތަކަށް ބޮޑުކޮށްފައިވާ ފައިސާގެ އިނާމު ލިބޭނެއެވެ.
ފުލުހުން ބުނި ގޮތުގައި ޓީ-56 ގެ ބަޑިއެއް ގަވާޢިދާއި ޚިލާފަށް ގެންގުޅެނިކޮށް، އެބަޑިއާއި ބަޑި ގެންގުޅުނު މީހާ ހިފާ ހައްޔަރުކުރާ ފުލުހަކަށް އަދި އެކަމަށް މަގުފަހިކޮށްދިން މަޢުލޫމާތިން ފަރާތަށް، ފައިސާގެ އިނާމުގެ ގޮތުގައި ދެލައްކަ ފަންސާސް ހާސް ރުޕީސް ލިބޭނެއެވެ.
ގަވާޢިދާއި ޚިލާފަށް ގެންގުޅު ބަޑި އެކަނި ހޯދާ އަތުލި ފުލުހަކަށް ލިބޭނީ ދެލައްކަ ރުޕީސްގެ އިނާމެއްކަމަށާއި، މިކަމަށް މަގުފަހިވި މަޢުލޫމާތު ދިން ފަރާތަށް ދެލައްކަ ފަންސާސް ހާސް ރުޕީސްގެ އިނާމެއް ލިބޭނެކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނި ގޮތުގައި ޓީ-56 ށްވުރެ ކުދި ހަތިޔާރަށް ކަނޑައެޅިފައިވާ އިނާމުތައް މިޔަށްވުރެ ކުޑަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު