މިއަހަރުގެ ޙައްޖުގެ އަޅުކަން ޙައްޖުވެރިން ފެށީ ކަޢުބަތު ﷲ ގެފުޅު ވަށާ އިއްޔެ ކުރަންފެށި ޠަވާފުންނެވެ. ޙައްޖުގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ ޙައްޖުވެރިން ބައިވެރިވި ޙައްޖަށް މިއަހަރުގެ ޙައްޖުވާނެކަމަށް ސަޢުދީ ޢަރަބިއްޔާގެ އޮފިޝަލުން ވިދާޅުވެއެވެ.
"ޙައްޖުގެ މުޅި ތާރީޚުގައި ފެންނާނެ އެންމެ ބޮޑު ޖަމާޢަތް މިއަހަރު ފެންނާނެ." ސަޢުދީގެ ވުޒާރަތުލް ޙައްޖު ވަލް ޢުމްރަތުގެ އޮފިޝަލަކު ވިދާޅުވިއެވެ.
ކޮވިޑުގެ ހުރަސްތައް އެއްކޮށް ނައްތާލާފައިވާތީ، މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި 2.5 މިލިއަން ޙައްޖުވެރިންނަށްވުރެ ގިނައިން ޙައްޖުގެ އަޅުކަމުގައި ބައިވެރިވާނެކަމަށް ސަޢުދީ ސަރުކާރުން އަންދާސާކުރެއެވެ.
ކޮވިޑާއި ގުޅިގެން 2020 ގައި ޙައްޖުގެ އަޅުކަމުގައި ބައިވެރިވާން ސަޢުދީ ސަރުކާރުން ހުއްދަދިނީ 20،000 މީހުންނަށެވެ. އަދި 2021 ގައި ޙައްޖުގައި ބައިވެރިވާން ހުއްދަދިނީ 59،000 މީހުންނަށެވެ. އަދި މިދިޔަ އަހަރުވަނީ ޙައްޖުވެރިންގެ އަދަދު މިލިއަނަކަށް ނާރާ ގޮތަށް އަޅުކަމުގެ ކަންތައްތައް އިންތިޒާމުކޮށްފައެވެ.
މިއަހަރުގެ ޙައްޖުގެ އިންތިޒާމުތަކުގެ ތެރެއިން ، ސަޢުދީ ސަރުކާރުންވަނީ ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ 32،000 މީހުން ، ޙައްޖުވެރިންނަށް ޚިދުމަތްކުރުމަށް ޚާއްޞަކޮށްފައެވެ. މީގެ އިތުރުން ސަޢުދީ ސަރުކާރުން ވަނީ އެތައް ހާސް އެމްބިއުލެންސެއްވެސް ޙައްޖުވެރިންގެ ޚިދުމަތަށް ޚާއްޞަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު