ޑެންގީ ހުން ފެތުރުން ކޮންޓްރޯލުކުރުމަށްޓަކައި ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ، ހަފުތާ ބަންދުގައި ގެއިން ނުނިކުމެ ތިބުމަށް ސަރުކާރުން އެދެފިއެވެ.
އަދި ކޮލޮމްބޯގައި ސާފުތާހިރުކަން ދެމެހެއްޓުމަށް ސަރުކާރުންކުރާ މަސައްކަތަށް އެއްބާރުލުންދިނުމަށްވެސް ސަރުކާރުން އެދިފައިވެއެވެ.
ސާފުތާހިރުކަން ދެމެހެއްޓުމަށް ހިންގާ ޕްރޮގްރާމުގެ ދަށުން ކޮލޮމްބޯއާއި ގަމްޕަހަ އަވަށުގައި ހަފުތާއެއްގެ މުއްދަތަށް، މަދިރި އާލާވަމުންދާ ގޮތް ބަލަމުންދާނެކަމަށް ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑޮކްޓަރ ސީތާ އަރަމްބެޕާލާ ވިދާޅުވިއެވެ.
ކޮވިޑާއި ޑެންގީ ފެތުރުން ހުއްޓުވުމަށް ސްރީލަންކާ ސަރުކާރުންދޭ އިސްކަމުގެ ދަށުން ، ރައީސް ރަނިލް ވިކްރަމަސިންހަ އަންގަވައިގެން ، މިހާރު އެގައުމުގައިވަނީ މިނިސްޓަރުންގެ ފެންވަރުގެ ކޮމިޓީއަކާއި ތަޖުރިބާކާރުންގެ ކޮމިޓީއެއް އެކުލަވާލާފައިއެވެ. އަދި ތަޖުރިބާކާރުންގެ ކޮމިޓީގެ ދަށުން މުޅި ސިލޯނު ވަށާޖެހޭ ގޮތަށް ސަރަހައްދީ ކޮމިޓީތަކެއްވެސްވަނީ އުފައްދާފައެވެ.
ސްރީލަންކާގައި މިދިޔަ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް 47،000 މީހުންނަށްވުރެ ގިނަ މީހުންނަށް ޑެންގީ ހުންޖެހިފައިވާކަމަށް ސްޓޭޓް މިނިސްޓަރ ޑޮކްޓަރ ސީތާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މީގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަކީ ސްރީލަންކާގެ ހުޅަނގުބިތުގައި ދިރިއުޅޭ މީހުންނެވެ. ވެރިރަށް ކޮލޮމްބޯވެސް އޮންނަނީ ސްރީލަންކާގެ ހުޅަނގުބިތުގައެވެ. ޑޮކްޓަރ ސީތާ ވިދާޅުވި ގޮތުގައި ޑެންގީ ހުން ކޮންޓްރޯލްނުވެ ، ގިނަދުވަސްތަކެއްވާނަމަ ، ކޮވިޑުފަދަ ނުރައްކާތެރި ބައްޔަކަޔަށް މިބަލި ބަދަލުވެދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު