މިއަަހަރުގެ މެއި މަހު ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހައްޔަރުކުރުމާއި ދެކޮޅަށް ކުރި މުޒާހަރާތަކާއި ގުޅިގެން ޕާކިސްތާނުގެ ސިފައިންގެ އިސް ތިން އޮފިސަރުން ވަކިކޮށްފި އެވެ.
ނަން ހާމަނުކޮށް ޕާކިސްތާނު ސިފައިންގެ ވުޒާރާއިން އާންމު ކުރި ބަޔާނުގައި ބުނެފައި ވަނީ މުޒާހަރާގެ ތެރެއިން ސިފައިންނާއި ސިފައިންގެ މުދާ ހިމާޔަތް ނުކުރެވުމުގެ ސަބަބުން އިސް ތިން އޮފިޝަލަކު ވަޒީފާއިން ވަކިކޮށްފައިވާކަމަށެވެ.
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހައްޔަރުކޮށްފައިވަނީ ކޮރަޕްޝަންގެ ތުހުމަތުގައެވެ. ޚާން ހައްޔަރުކުރުމާއެކު ޕާކިސްތާނުގެ އެކި ސަރަހައްދުތަކުގައި ޚާންގެ ސަޕޯޓަރުން ނުކުމެ ހަމަނުޖެހުން ހިންގައި މުޒާހަރާކޮށްފައިވެއެވެ. މިމުޒާހަރާތަކުގައި މުޒާހަރާގެ ބައިވެރިން ވަނީ ޕާކިސްތާނުގެ ފުލުހުންނާއި ސިފައިންނާވެސް ކުރިމަތިލާފައެވެ.
ރިޕޯޓުތައް ބުނާގޮތުން މުޒާހަރާތަކަށް ނުކުތް ޚާންގެ އެތައް ހާސް ސަޕޯޓަރުން ވަނީ ޕާކިސްތާނުގެ އަސްކަރީ އިމާރާތްތައް ފަޅާލައި، އެތަންތަނުގައި އަލިފާން ރޯކޮށްފައެވެ. އަދި އެ މުޒާހަރާތަކުގައި އަށް މީހަކު މަރުވެފައިވާކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.
އެމުޒާހަރާތަކާއި ގުޅުވައިގެން 5000 މީހަކުވެސް ވަނީ ހައްޔަރުކޮށްފައެވެ.
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ހައްޔަރުކުރުމާއި، އިމްރާން ޚާން ބޮޑުވަޒީރުކަމުން ދުރުކުރުމުގައި ޕާކިސްތާނުގެ ބާރުގަދަ އަސްކަރިއްޔާއިން ސިޔާސީ ގޮތުން ބޮޑު ނުފޫޒެއް ފޯރުވައި އެކަމުގެ ޒިންމާ ނަގަން ޖެހޭކަމަށް ޚާންގެ ސަޕޯޓަރުން ދެކެއެވެ.

ކިޔުންތެރިންގެ ހިޔާލު