ކޮވިޑުގެ އެހީގެ ގޮތުގައި އެމެރިކާގެ ކުދި ވިޔަފާރިތަކަށް ދޫކުރި 1،200 ބިލިއަން ޑޮލަރުގެ ތެރެއިން 200 ބިލިއަން ޑޮލަރު މަކަރުވެރި ކެހިވެރިންތަކެއް ވަގަށްނަގާފައި ވާކަމަށް މިކަލަހަލަ ކަންތައްތަކަށް ފާރަވެރިވާ އިދާރާއެއްކަމަށްވާ އިންސްޕެކްޓަރ ޖެނެރަލްގެ އޮފީހުން އިއްޔެ ބުނެފިއެވެ.
އެމެރިކާގެ މަރުކަޒީ ސަރުކާރުގެ ދަށުން ހިންގާ އިންސްޕެކްޓަރ ޖެނެރަލްގެ އޮފީހުން އިއްޔެ ނެރުނު ރިޕޯޓު ބުނި ގޮތުގައި ކުދި ވިޔަފާރިތަކާބެހޭ އިދާރާއިން ދަރަނީގެ ގޮތުގައި ދޫކުރި 1،200 ބިލިއަން ޑޮލަރުގެ ތެރެއިން 17 އިންސައްތަވަނީ މަކަރުވެރިކަމުގެ ތެރެއިން ބަޔަކު ވަގަށްނަގާފައެވެ.
ކެހިވެރިން ވަގަށް ނެގިކަމަށް އިންސްޕެކްޓަރ ޖެނެރަލްގެ އޮފީހުން ހެދި އަންދާސާގައި ހިމެނެނީ އިގްތިޞާދީ ކާރިސާ ކުރިމަތިވި ފަރާތްތަކަށް ދޫކުރި 136 ބިލިއަން ޑޮލަރަކާއި މުސާރައަށް ލޮޅުންއެރި ފަރާތްތަކަށް ދޫކުރި 64 ބިލިއަން ޑޮލަރެވެ.
ކޮވިޑުގެ ތެރޭގައި އެމެރިކާގެ ކުދިވިޔަފާރިތަކާއިބެހޭ އިދާރާއިން އިގްތިޞާދީ ކާރިސާ ކުރިމަތިވި ފަރާތްތަކަށް 400 ބިލިއަން ޑޮލަރު އަދި މުސާރަޔަށް ލޮޅުންއެރި ފަރާތްތަކަށް 800 ބިލިއަން ޑޮލަރު ދޫކޮށްފައިވެއެވެ.
އިންސްޕެކްޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓުގައި ބުނެފައިވާ ގޮތުން ، މިވައްކަން ހިނގާފައިވަނީ ކޮވިޑުގެ ހާސްކަމުގެ ތެރޭގައި ކުދި ވިޔަފާރިތަކާބެހޭ އިދާރާއިން ބަލަންޖެހޭވަރަށް ނުބަލާ އަވަސްއަރުވާލާފައި ފައިސާދޫކުރުމުގެ ސަބަބުންނެވެ.
ނަމަވެސް ކުދި ވިޔަފާރިތަކާބެހޭ އިދާރާއިން ބުނާ ގޮތުގައި އިންސްޕެކްޓަރ ޖެނެރަލްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ވަރުގެ ބޮޑު އަދަދެއް ކެހިވެރިންގެ އަތަށް އަރާފައެއް ނުވާނެއެވެ.
އެއިދާރާއިން ބުނާ ގޮތުގައި ދޫކުރި ލޯނުތައް އަނބުރާ ދައްކަމުންދާ ގޮތަށް ބަލާއިރު އިންސްޕެކްޓަރ ޖެނެރަލް އޮފީހުން ބުނާ 200 ބިލިއަން ޑޮލަރުގެ ވައްކަމެއް ހިނގާފައެއް ނުވާނެއެވެ.
އެއިދާރާއިން ބުނި ގޮތުގައި ދޫކުރި 1،200 ބިލިއަން ޑޮލަރުގެ 74 އިންސައްތަ މިހާރުވަނީ އެއްކޮށް އެއިދާރާއަށް އަނބުރާ ދައްކާފައެވެ ނުވަތަ އޭގެ ބޮޑުބަޔެއްދަނީ އަނބުރާ ދައްކަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު