ދިވެހި ސަރުކާރުގެ ތަރައްޤީގެ މައި އިންޖީނު ކަމަށްވާ އެމްޓީސީސީ އަނެއްކާވެސް މުހިއްމު މަސައްކަތަކަށް ތައްޔާރުވަމުން ދާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ. ހުއްޓުމެއްނެތި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިވަގުތުވެސް ސާޅީސް އެތައް މަޝްރޫޢެއް ކުރިއަށް ގެންދާ އެމްޓީސީސީގެ ތަސައްވުރުގައި މިވަގުތު އެންމެ އިސްކަމެއް ދީފައިވަނީ، ރާއްޖޭގައި ކްލާސް ޑޮކްޔާޑެއް ގާއިމުކުރުމުގެ މަސައްކަތް ފެށުމެވެ. އެމްޓީސީސީން މިވަގުތު ދަނީ، އެކަމަށް ބޭނުންވާ ދިރާސާކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ޒަމާނީ ޓެކްނޮލޮޖީ ރާއްޖެއަށް ތަޢާރަފްކޮށް ސަރުކާރުގެ ތަރައްޤީގެ މަޝްރޫޢުތައް ހަލުވި ކުރުމަށް އެމްޓީސީސީން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން އެ ކުންފުނިން ހާސިލްކޮށްފައިވާ ލަނޑުދަނޑިތަކަށް ބަލާއިރު، ރާއްޖޭގެ އުމްރާނީ ތަރައްޤީގެ ގިނަ މަސައްކަތްތަކެއް އެ ކުންފުނިން ވަނީ ކޮށް ނިންމާފައެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރގައި އެކަނިވެސް އެ ކުންފުނިން ވަނީ، އުމްރާނީ ތަރައްޤީގެ 53 މަޝްރޫއެއްގެ މަސައްކަތްކޮށް 4 މަޝްރޫއެއްގެ މަސައްކަތް ނިންމާލާފައެވެ. އަދި 11 ރަށަކަށް މި ކުއަރޓަރުގެ ތެރޭގައި އެ ކުންފުނިން ވަނީ މޮބިލައިޒް ކޮށްފައެވެ.
އެމްޓީސީސީގެ ލީޑަޝިޕަށް ރައީސް ޞާލިޙް މިއަހަރުގެ ޖެނުއަރީ 21 ގައި ގެންނެވި ބަދަލާއެކު، ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ކުންފުނީގެ ޚަރަދުތަށް ކުޑަކޮށް އޭގެ ފޮނި ނަތީޖާ އެމްޓީސީސީގެ ޓީމުން މިއަހަރުގެ ފުރަތަމަ ކުއަރޓަރގެ މާލީ ނަތީޖާއިން ވަނީ ދައްކާފައެވެ. އެގޮތުން އެޅުނު ހަރުދަނާ ފިޔަވަޅުތަކާއި އެކު މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީން ވަނީ ކުންފުނީގެ ތާރީޚުގައި ފުރަތަމަ ކުއާޓަރ އެއްގައި ހޯދާއިފައިވާ އެންމެ ފުރިހަމަ ފަޚުރުވެރި ނަތީޖާ ދައްކައިދީ، 62 މިލިއަން ރުފިޔާގެ ފައިދާ ދިވެހި ރައްޔިތުންނަށް ހޯދައިދީފައެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއަރޓަރ އާއި އަޅާ ބަލައި އިރު 310 ޕަސެންޓުގެ ކުރި އެރުމެކެވެ.
ހުރާގެ ބިން ހިއްކުމާއި ގޮނޑުދޮއް ހިމާޔަތް ކުރުމުގެ މަސައްކަތް
މި ސަރުކާރުގެ ދައުރުގައި އެމްޓީސީސީން ނިންމާފައިވާ ބައެއް މަޝްރޫޢުތަކަށް ބަލާއިރު، މާލެއަތޮޅު ހުރައަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުކޮށް، ވިޔަފާރިތަކަށް ބިން ދޫކުރުމަށް ދެ ފޭހަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ ބިން ހިއްކުމުގެ މަސައްކަތް ނިންމާލާފައިވަނީ މިއަހަރުގެ މާޗު 25 ގައެވެ. މި މަޝްރޫއުގެ ދަށުން ފުރަތަމަ ފޭސްގެ މަސައްކަތަށް 33.73 މިލިއަން ރުފިޔާ، އަދި ދެވަނަ ފޭސް އަށް 71.32 މިލިއަން ރުފިޔާ ވަނީ، ހަރަދުކޮށްފައެވެ.
އެމްޓީސީސީ އަކީ ދިވެހި ރައްޔިތުންގެ ކުންފުންޏަކަށް ވާއިރު، ކުންފުންޏަށް ލިބޭ ކޮންމެ ފައިދާއަކީ ވެސް ދިވެހިންނަށް ލިބޭ ފައިދާއެކެވެ. އެ ކުންފުނީގެ މިހާރުގެ އެންމެ ބޮޑު އެއް އަމާޒަކީ، ބޮޑު ހޭދައެއްކޮށް، ބޭރު މުވައްޒަފުން ގެނައުމުގެ ބަދަލުގައި އެކަށީގެންވާ އަގެއް ދީގެން ދިވެހި މުވައްޒަފުން ހޯދުމެވެ. އެގޮތުން ރާއްޖޭގެ އެންމެ ބޮޑު ކޮންނަ ބޯޓު، މަހާޖައްރާފުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންގެ ބަދަލުގައި ކުރިއަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި ސައްތައިން ސައްތަ ދިވެހިން މަސައްކަތްކުރާ އުޅަނދަކަށް އެ އުޅަނދު ބަދަލު ކުރުމަށް އެ ކުންފުނިން ވަނީ އަމާޒު ހިފާފައެވެ. އެގޮތުން ރާއްޖޭގެ އެކިކަންކޮޅު ތަކުގައި ހިންގާ މަޝްރޫއުތަކަށް ގާބިލު ދިވެހި މުވައްޒަފުން ހޯދުމަށް އެމްޓީސީސީން ދަނީ ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރަމުންނެވެ.
ގއ. ވިލިނގިލި ބަނދަރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް
އެމްޓީސީސީގެ ތަރައްޤީގެ އުސްއަލިތަކަށް ނަޒަރު ހިންގާލާއިރު ގއ. ވިލިނގިލީ ބަނދަރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެ ކުންފުންޏަށް ޕްލޭނިން މިނިސްޓްރީން ހަވާލުކޮށްފައި ވަނީ 2019 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. ވިލިނގިލީގައި ދެވަނަ ފިޔަވަހީގެ ދަށުން ތަރައްގީކުރި ބަނދަރުގެ މަސައްކަތުގެ ދަށުން 346 މީޓަރުގެ ބްރޭކްވޯޓާލުމާއި 30 މީޓަރުގެ ބްރިޖެއްގެ އިތުރުން ނެރު ބައްތި ވެސް ވަނީ ހަރުކޮށްފައެވެ. 10.6 މިލިއަން ރުފިޔާގެ މި ޕްރޮޖެކްޓް އެމްޓީސީސީން ނިންމާފައި ވަނީ މިދިޔަ އޭޕްރީލް 17 ވަނަ ދުވަހު އެވެ. މިއީ މި ސަރުކާރުގެ ވަޢުތައް ފުއްދުމަށް ކުންފުނީގެ މަސައްކަތް މެކުހަށްޖަހާފައިވާ މަންޒަރު ރީތިކޮށް ސިފަވާ ހެއްކެކެވެ.
ދިވެހި ރައްޔިތުންނަށް ބޭނުންވާ ޢުމްރާނީ ވަސީލަތްތައް ޤާއިމުކޮށްދީ ރަށްވެހި ތަހުޒީބު ދިވެހި ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް ރައީސް ޞާލިޙްގެ މި ދައުރުގައި ފާއިތުވެގެން މިދިޔަ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އެމްޓީސީސީން މުޅިން އަލަށް އެތައް މަޝްރޫޢެއް ފަށައި، އޭގެ ތެރެއިން ބައެއް މަޝްރޫޢުތައް ނިންމާފައިވާއިރު، އޭގެ ތެރެއިން ފާހަގަ ކޮށްލެވޭ އަނެއް މަޝްރޫޢަކީ އއ. ހިމަންދޫ ބަނދަރުގެ މަސައްކަތެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތިންވަނަ ދުވަހު އަމަލީ މަސައްކަތް ފެށި ހިމަންދޫ ބަނދަރު ޕްރޮޖެކްޓުގެ ދަށުން އެރަށުގެ ފަޅުން 28،030 ކިޔުބިކް މީޓަރުގެ ސަރަހައްދެއް ފުންކޮށްފައިވާއިރު، 405 މީޓަރުގެ ބްރޭކްވޯޓާ އަކާއި 141 މީޓަރުގެ ރިވެޓްމެންޓު ޖަހާފައިވެއެވެ. އަދި ބަނދަރުގައި ލައިޓު ހަރުކޮށް، 1750 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމެންޓު ގާއިމްކޮށްފައިވެއެވެ. ހިމަންދޫ ބަނދަރު ތަރައްގީކޮށްފައިވަނީ ތިން މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއަކާއި ރޭމްޕަކާއެކުއެވެ. މި ޕްރެޖްކްޓަށް 47.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އެމްޓީސީސީގެ މިހަލުއި ދުވެލީން އެކަނިވެސް މި ސަރުކާރުގެ ތަރައްގީގެ ކުލަވަރު މިއޮތީ ރީތިކޮށް ފެންނާށެވެ.
އއ. ހިމަންދޫ ބަނދަރު ހެދުމުގެ މަސައްކަތް
ކޯވިޑް-19 އާ ގުޅިގެން ދިވެހި އިޤްތިޞާދަށް ކުރިމަތިވެފައިވާ ހީނަރުކަމާ އެކުގައިވެސް ފަހަތު ފަޔަށް ބުރަނުވެ އެމްޓީސީސީން ދަނީ ރައީސް ޞާލިޙް ދިވެހި ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ރަނުން ރަނަށް ފުއްދައިދިނުމަށް މެދުކެނޑުމެއްނެތި ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. ކުންފުނީގެ ހުރިހާ ހަކަތައެއް މިވަގުތުވެސް ބޭނުން ކުރަމުންދަނީ ދިވެހިން އެދޭ ތާހިރު، ތަމައްދުނާއި ތަހުޒީބުގެ މާރީތި ދިވެހިރާއްޖެ ދިވެހިންނަށް ހޯދައި ދިނުމަށެވެ.
ހަގީގަތުގައި ވެސް އިދިކޮޅު ފަރާތްތަކުން މި ސަރުކާރުގެ ތަރައްގީ "ސްލޯކަމަށް" ބުނަނީ އެމްޓީސީސީން މި ހަލުއި ސްޕީޑްގައި ކުރަމުން ގެންދާ މަސައްކަތްތައް ނުފެންނާތީކަމަށް ވެދާނެއެވެ. އެމްޓީސީސީގެ ހަރަކާތްތައް މިފެންނަނީ ރައީސް ޞާލިޙުގެ ވަޢުދުތައް ފެއިލްކޮށްލެވޭ ވަރަށް ވުރެ މާ ހަލުއި މާ ބާރު ސްޕީޑެއްގައި ދުވެފައި ދާތަނެވެ. އެކުންފުނީގެ މަސައްކަތްތައް މިހިރަ ސްޕީޑަށް ބަލާއިރު މިސަރުކާރުގެ ހަމަ ހުރިހާ ވަޢުދެއް ރަނުން ރަނަށް ފުށްދޭނެ ކަމާއިމެދަކު ޝައްކު ކުރާނެ ކުޑަވެސް ޖާގައެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު