މި އަހަރުގެ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ސަޢުދީ ޢަރަބިއްޔާއަށްދިޔަ ދިޔަ ޙައްޖާޖީން އަންނަ ޖުލައި މަހުގެ 7ވަނަ ދުވަހުން ފެށިގެން އެނބުރި ރާއްޖެ އަންނަން ފަށާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
ބައެއް މީޑިއާތަކަށް މަޢުލޫމާތުދެއްވަމުން އިސްލާމިކް މިނިސްޓްރީން ވިދާޅުވެފައިވަނީ މިއަހަރު ރާއްޖެއިން ޙައްޖަށްދިޔަ ދިވެހި ޙައްޖާޖީން ޖުލައި 7ވަނަ ދުވަހުން ފެށިގެން އަންނަން ފަށާއިރު، އެމީހުން އައުމަށް ހަމަޖެހިފައިވަނީ ޖުމުލަ 6 ފްލައިޓެއްގައި ކަމަށެވެ.
ޙައްޖާޖީން އަންނަ ފުރަތަމަ އަދި ދެވަނަ ފްލައިޓު އޮތީ ޖުލައި 7 ވަނަ ދުވަހުއެވެ. އެ ދުވަހު އަންނާނީ އަލްމަނާސިކާއި ޙައްޖު ކޯރޕަރޭޝަންގެ ޙަވާލުގައި ދިޔަ ޙައްޖާޖީންނެވެ. 3 ވަނަ ފްލައިޓު އޮތީ ޖުލައި 10ވަނަ ދުވަހުއެވެ. އެ ފްލައިޓުން އަންނާނީވެސް ޙައްޖު ކޯރޕަރޭޝަންގެ ޙަވާލުގައި ދިޔަ ޙައްޖާޖީންގެ ގްރޫޕެކެވެ. ޖުލައި 11 ވަނަ ދުވަހު ސިސިލްފަރު ޙައްޖު އެންޑް ޢުމްރާ ގުރޫޕު އަދި ޖުލައި 12ވަނަ ދުވަހު އަލްޙަރަމައިން ޙައްޖު އެންޑް ޢުމްރާ ގުރޫޕުގެ ޙަވާލުގައިދިޔަ ހައްޖާޖީން އައުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން މަޢުލޫމާތު ދެއެވެ.
ދިވެހި ޙައްޖާޖީން އަންނަ އެންމެ ފަހު ފްލައިޓު އޮތީ ޖުލައި 14 ވަނަ ދުވަހުއެވެ. އެ ދުވަހު އަންނާނީ ޙައްޖު ކޯރޕަރޭޝަންގެ ޙަވާލުގައިދިޔަ ޙައްޖުވެރިންގެ އެންމެ ފަހު ގްރޫޕެވެ.

ކިޔުންތެރިންގެ ހިޔާލު