އިންޑިއާގެ މަނިޕޫރު ސްޓޭޓުގައި ބައިގިނަ ހިންދޫ މަނިޕޫރީންނާއި ނަޞްރާނީ ކޫކީ ގަބީލާތަކާއި ދެމެދު ކުރަމުންދާ ހަނގުރާމަ ހުއްޓުވުމަށްޓަކައި، ދެބައިމީހުން އެއްމޭޒަކަށް ގެނެސް، ވާހަކަދައްކައިގެން މައްސަލަ ހައްލުކުރުމަށްޓަކައި، މަރުކަޒީ ސަރުކާރުގެ އިސް އޮފިޝަލުން މަސައްކަތް ކުރަށްވަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މަނިޕޫރުގައި އޮންނަނީ ވެރިކަންކުރާ ބާރަތިޔާ ޖަނަތާ ޕާޓީން (ބީ.ޖޭ.ޕީއިން) ކޮންޓްރޯލުކުރާ ސަރުކާރެކެވެ. މަނިޕޫރުގައި ހަނގުރާމަކުރަމުންދާ ދެބައި މީހުން އެއްމޭޒެއް ދޮށަށް ގެނައުމުގެ މަސައްކަތް މަރުކަޒީ ސަރުކާރުގެ އޮފިޝަލުން މިފެއްޓެވީ ، މަނިޕޫރުގެ މައްސަލަ ހައްލުކުރުމަށްޓަކައި ބޮޑުވަޒީރު ނަރެންދްރާ މޯދީ ވަޒީރުންނާއިއެކު ޚާއްޞަ ބައްދަލުވުމެއް ބޭއްވެވި ފަހުންނެވެ.
މަނިޕޫރުގައި ހިންދޫންނާއި ނަޞްރާނީން ކުރަމުންދާ ދެމަސްވީ ހަނގުރާމައިގައި މިހާތަނަށް 115 މީހުންވަނީ މަރުވެފައެވެ. އަދި 300 މީހުންނަށްވަނީ ޒަޚަމުވެފައެވެ.
މަނިޕޫރުގެ މައްސަލަޔާއި ގުޅިގެން ފާޑުކިޔުންތައް އަމާޒުވެފައިވާ ބޮޑުވަޒީރު މޯދީ ، އެމެރިކާއާއި މިސުރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ، ގައުމަށް އެނބުރި ވަޑައިގެންނެވިތާ މާގިނަ އިރުތަކެއްނުވަނީސް ، މަތީ ފަންތީގެ ކެބިނެޓް ވަޒީރުންވަނީ މޯދީއަށް މަނިޕޫރު މައްސަލަ މިހާރު ގޮސްފައިވާ ހިސާބު ކިޔައިދެއްވަވާފައެވެ.
މަނިޕޫރުގައި ހަނގުރާމަކުރަމުންދާ ދެފަރާތުގެ އިސް މީހުން އެއްމޭޒެއް ދޮށަށް ގެނައުމަށްޓަކާ ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް މަނިޕޫރު ސަރުކާރަށް މަރުކަޒީ ސަރުކާރުން މިހާރުވަނީ އަންގާފައެވެ.
މަނިޕޫރުގެ މައްސަލާގައި ޚިޔާލު ހޯދުމަށްޓަކައި އިންޑިއާގެ ހުރިހާ ޕާޓީއެއް ބައިވެރިވާ ބައްދަލުވުމެއްވެސް މިހާރުވަނީ ބާއްވާފައެވެ. މިއީ އިންޑިއާގައި ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ. މިއީ ވެރިކަންކުރާ ބީ.ޖޭ.ޕީއިން އިސްނަގައިގެން ބޭއްވި ބައްދަލުވުމެކެވެ. މިދިޔަ ހޮނިހިރު ދުވަހު ބޭއްވި މިބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ އިންޑިއާގެ ދާޚިލީ ވަޒީރު އަމިތް ޝާހުއެވެ. ރިޕޯޓުތައް ބުނާ ގޮތުން މި ބައްދަލުވުމުން އެނގިގެންދަނީ ، މަނިޕޫރުގެ މައްސަލަ ފާލުންނެއްޓިފައިވާ މިންވަރެވެ.
މަނިޕޫރުގެ ހަމަނުޖެހުންތައް ފެށުނީ ނަސްލީ ގަބީލާތަކަށް ގާނޫނުން ޚާއްޞަކޮށްފައިވާ އެކި ފުރުޞަތުތައް ، ތަޢުލީމާއި ވަޒީފާގެ ފުރުޞަތުތައް ، ހޯދުމަށް ބައިގިނަ ހިންދޫ މަނިޕޫރީން މަސައްކަތް ފެށި ހިސާބުންނެވެ.
މިދިޔަ މޭމަހުގެ ތިންވަނަ ދުވަހު ފެށި ، ހަމަނުޖެހުންތަކުގައި މިހާތަނަށް ހަހާސް ގެއާއި ، ފިހާރަޔާއި ، ނަޞްރާނީ ފައްޅިތަކާއި ހިންދޫންގެ ފައްޅިތަކުގައި ހުޅުޖަހާ ، ރޯކޮށް އަންދާފައިވެއެވެ.
މަނިޕޫރުގެ 3.3 މިލިއަން އާބާދީގެ ދެބައިކުޅަޔަކީ ބައިގިނަ ހިންދޫއިންނެވެ. މީގެ ގިނަ މީހުން ދިރިއުޅެނީ ވާދީތަކުގައެވެ. ކޫކީ ގަބީލާތައް ދިރިއުޅެނީ ފަރުބަދަތަކުގައެވެ.

ކިޔުންތެރިންގެ ހިޔާލު