ކެހިވެރިން ބޭނުންކުރާ އާ އެޕެއްކަމަށްވާ "ޕިންކް ވަޓްސްއެޕުން" ސްމާޓްފޯނު ބޭނުންކުރާ މީހުންނަށް އޮޅުވާލައިގެން އެމީހުންގެ މަޢުލޫމާތުތައް ވަގަށްނަގަމުންދާކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ޕިންކް ވަޓްސްއެޕަކީ އަސްލު ވަޓްސްއެޕާއި އެއްވެސް ގުޅުމެއް އޮތް ބައެއް ނޫނެވެ. ފޯނަށް ޕިންކް ވަޓްސްއެޕް އިންސްޓޯލްކޮށްފިނަމަ (އަޅައިފިނަމަ)، ފޯނުގައި ހުންނަ ހުރިހާ މަޢުލޫމާތެއް މިއެޕުން ހޯދައެވެ. މިގޮތުން ފޯނު ބޭނުންކުރާ މީހާގެ ބޭންކުގެ ތަފުޞީލުތަކާއި އޭނާގެ ފޮޓޯތަކާއި ޕާސްވޯޑުތައްވެސް މި އެޕުން ވަގަށްނަގައެވެ.
މިއެޕާއިމެދު ސަމާލުވާން ، ރައްޔިތުންގެ ކިބައިން ، ވަރަށް ގިނަ ގައުމުތަކުން އެދިފައިވާކަމަށް ޚަބަރުތައް ބުނެއެވެ.
މިފަދަ މަކަރުވެރި، ކެހިވެރި އެޕްތަކުން ސަލާމަތްވުމަށްޓަކައި އަންނަނިވި ކަންތައްތައް ކުރެވިދާނެއެވެ:
1. އެޕެއް ޑައުންލޯޑުކުރާނަމަ، އެންޑްރޮއިޑް ފޯނުތައް ގެންގުޅޭ ފަރާތްތަކުން، ގޫގުލް ޕްލޭ ސްޓޯރ މެދުވެރިކޮށް އެއެޕެއް ޑައުންލޯޑުކުރުން.
2. މީހުން ފޮނުވާ އޭ.ޕީ.ކޭ ފައިލްތައް، ފޯނަށް ޑައުންލޯޑުކުރުން ހުއްޓާލުން.
3. މެސެޖެއް ލިބިއްޖެނަމަ ، އެމެސެޖަކީ މީހަކު ފޮނުވި މެސެޖެއްތޯ ، މެސެޖުގެ މަތީގައިވާ "ފޯވާޑެޑް" ލޭބަލަށް ބަލައިގެން ޔަގީންކުރުން.
4. ވަޓްސްއެޕުން ފޮނުވާ ލިންކުތަކަށް ކުލިކްކުރުން (ފިތުން) ހުއްޓާލުން. ޚާއްސަކޮށް ނުދަންނަ ވެބްސައިޓުތަކަށް ގެންދާ ލިންކުތަކަށް ފިތުން ހުއްޓާލުން.
ފޯނަށް ޕިންކް ވަޓްސްއެޕް އަޅާފައިވާނަމަ އަވަހަށް ފޯނު ބެކަޕްކޮށް ، ފޯނު ފެކްޓްރީ ރިސެޓަށް ލުމުން މި އެޕުގެ ނުރައްކަލުން މިންޖުވާނެކަމަށް ގައުމުތަކުން ނެރެފައިވާ ސަމާލުތަކުގައި ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު