މިއަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރަން މައްކާއަށް ދިޔަ އިތުރު ދިވެހި ހައްޖުވެރިޔަކު ނިޔާވެއްޖެއެވެ.
ނިޔާވެފައިވަނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ހަވާލުގައި މިއަހަރު ޙައްޖަށް ދިޔަ ދ. މާއެނބޫދޫ، ފިޔާތޮށިގެ، ޢުމުރުން 72އަހަރުގެ ޢަލީ ޙަސަންކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. އޭނާ ނިޔާވީ މައްކާގެ ސަޢުދީ ޖާމަން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ. އޭނާ ނިޔާވީ އިއްޔެ ރާއްޖެ ގަޑިން 18:17 ގައެވެ.
ޢަލީ ޙަސަންގެ އިތުރުން އަލް-ހަރަމައިން ހައްޖު ގްރޫޕުން މިއަހަރު ޙައްޖަށްދިޔަ މީހަކުވެސް ވަނީ ނިޔާވެފައެވެ. އެއީ ރ.މާކުރަތު ޢުމުރުން 72އަހަރުގެ މުޙައްމަދު ނަސީމެވެ. އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް ނިޔާވެފައި އޮއްވާ ވަނީ ފެނިފައެވެ. އޮތީ ނޫރު ފަރުބަދަ ކައިރީގައެވެ. ފެނުނީ ގެއްލިގެން ހޯދާތާ 4 ދުވަސްް ފަހުންނެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ހަވާލުގައި މި އަހަރު ދިވެހިރާއްޖެއިން ޙައްޖަށް ދިޔަ ޙައްޖުވެރިޔަކު ކަމުގައިވާ ދ. މާއެނބޫދޫ، ފިޔާތޮށިގެ، ޢަލީ ޙަސަން (72) މައްކާގެ ސަޢުދީ ޖާމަން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް 1/2
— Ministry of Islamic Affairs (@MVIaffairs) June 30, 2023
ޢަލީ ޙަސަންގެ އިތުރުން އަލް-ހަރަމައިން ހައްޖު ގްރޫޕުން މިއަހަރު ޙައްޖަށްދިޔަ މީހަކުވެސް ވަނީ ނިޔާވެފައެވެ. އެއީ ރ.މާކުރަތު ޢުމުރުން 72އަހަރުގެ މުޙައްމަދު ނަސީމެވެ. އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށް ނިޔާވެފައި އޮއްވާ ވަނީ ފެނިފައެވެ. އޮތީ ނޫރު ފަރުބަދަ ކައިރީގައެވެ. ފެނުނީ ގެއްލިގެން ހޯދާތާ 4 ދުވަސްް ފަހުންނެވެ.
ކިޔުންތެރިންގެ ހިޔާލު