ކެތްތެރިވެވަޑައިގަތުމާއި ސާބިތުވެހުންނެވުން
ދެން ކެތްތެރިކަމާމެދު ވިސްނައިލަމާ ހިންގަވާށެވެ. ޢަރަބި ބަހުގައި ޞަބްރު މިބަސް ބޭނުންކުރެވެނީ ކޮންމެވެސް އެއްޗެއްގެ އަސަރު ފާޅުވުމުގެ ބަދަލުގައި ހިފެހެއްޓިފައި ހުރުމުގެ ޙާލަތު ބަޔާންކުރަން ބޭނުންވާ ހިނދުގައެވެ. މިސާލެއްގެ ގޮތުން ދަންނަވާނަމަ ޞައްބާރާއެވެ ކިޔެނީ އޮށުން ގަސްފެޅުވުމުގެ ބާރު ނުހުންނަ ގަސްނެހެދޭ ހަރުބިމަށެވެ. ހަމައެފަދައިން ހިތްވަރުގަދަ މީހާއަށް ޞަބޫރެވެ ކިޔެއެވެ. އެހެނީ އޭނާ ބޭރުފުށުން ފޯރުވާ ނުފޫޒާ ކުރިމަތިލައި އޭނާގެ ޝަޚްޞިއްޔަތު ހިފަހައްޓައެވެ.
ކެތްތެރިކަމަކީ އިންސާނުންގެ ކިބައިގައި ހުންނަ ފުރިހަމަ ސިފަތަކުގެ ތެރެއިންވެސް އެންމެ މަތީ ދަރަޖައިގެ އެއް ސިފައެވެ. އިސްލާމްވަނީ މަޤްޞަދަކަށް ވެގެން އެސިފައިގައި ޝާމިލުވެފައެވެ. އިސްލާމް އޭގައި އުފައްދާ ހޫނުގެ ސަބަބުން އެއަށްފަހު އެއަކަށް ފިނިކަމެއް ނާދެއެވެ. ދެރަވަރުކަމެއް ނުދައްކައެވެ. ނުކުޅެދުމެއް ފާޅެއް ނުކުރެއެވެ. އީމާންކަމާއި، އިސްލާމްކަމުގެ މަޤްޞަދަކީ މާތް ﷲ އަށް އިތުބާރުކުރުމެވެ. މާތް ﷲ ގެ ރަސްކަންފުޅަށް އިތުބާރު ބަހައްޓައި އެކަލާނގެ ރަސްކަންފުޅާމެދު ޔަޤީންކަން ބާއްވާ މީހާއަކީ ނިހާޔަތެެއްނެތް ބާރެއްގެ ވެރިޔެކެވެ. އެފަދަ މީހަކު އެއްވެސް މަރްޙަލާއެއްގައި ކަތްތެރިކަން ކުޑަކުރުމަކީ އެކަމާމެދު ސުވާލެއްވެސް އުފެދޭނޭ ކަމެއް ނޫނެވެ.
1. މީހަކު މުސްލިމަކަށް ވެގެން ނުކުންނައިރު ކުއްލިއަކަށް އޭނާއަށް އިޙްސާސްވަނީ ތިމާ މިހުރީ މާތް ﷲ ކަނޑައަޅުއްވާފައިވާ އިންތަކަކާއި ބަނދެވުންތަކެއްގެ ތެރޭގައިކަމެވެ. އަނެއްކޮޅުން މުސްލިމު ނޫން މީހާއަކީ "މިނިވަނެކެވެ". އޭނާއަށް އޭނާގެ ކާމިޔާބީއަށްޓަކައި އޭނާ ބޭނުން ރޮގެއް ޚިޔާރު ކުރެވިދާނެއެވެ. މުސްލިމް މީހާއަށް އަމުރުވެވިގެންވަނީ އޭނާގެ ހުރިހާ މަސައްކަތްތަކެއް ދީނަށް ގޮވައިލުމާއި ދީނީ ކަންތަކުގައި ހޭދަކުރުމަށެވެ. އަނެއްކޮޅުން މުސްލިމްނޫންމީހާ ސިޔާސީ ޙަރަކާތްތަކާއި އިޤްތިޞާދީ ތަދްބީރުތަކުން އޭނާގެ މަޤާމު ވަރުގަދަ ކުރުމެވެ. މުސްލިމްމީހާ ކޮންމެފަދަ ޙާލަތެއް ކުރިމަތިވިޔަސް އަޚްލާޤީ އިމުގެ ތެރޭގައި ހުރުން ލާޒިމް ކުރެވިފައިވެއެވެ. މުސްލިމްނޫންމީހާ ހުންނަނީ މިބާވަތުގެ ހުރިހާ ހުރަސްތަކަކުން ނެެއްޓިއެވެ. މިބާވަތުގެ ކަންތައްތައް އިސްލާމްދީނަށް ގޮވައިލާ މީހާއަށް އަސަރުކުރުވައެވެ. އިސްލާމީ ގޮތްތަކަކީ ބުރަދަނެއްނެތް ގޮތްތަކެއްކަމުގައި ބައެއްފަހަރަށް އޭނާގެ ހިތަށް އަރައެވެ. އެހެންމީހުން އެއުޅޭގޮތަށް ތިމާވެސް އުޅެންފެށުމުގެ ޚިޔާލު އޭނާގެ ހިތުގައި މަޑުމަޑުން އާލާވާން ފަށައެވެ. މިހާތަނުން "ކެތްތެރިކަން" އޭނާގެ ކުރިމަތީގައި ހުރަހަކަށް ވެއެވެ. ކެތްތެރިކަން އޭނާ ކަންތައްކުރާ ގޮތަކީ ބުރަދަނެއްނެތް، ފައިދާއެއްނެތް ގޮތެއްކަމުގައި ދުށުން މަނާކުރެއެވެ.
"ފަހެ ކަލޭގެފާނު ކެތްކުރައްވާށެވެ! ހަމަކަށަވަރުން ﷲ ގެ ވައުދުފުޅަކީ ޙައްޤު ތެދެވެ. އަދި އީމާންނުވާ މީހުން (ދައްކާ ވާހަކަތަކުން) ކަލޭގެފާނުގެ ކަތްތެރިކަން ކަނޑައިލިޔަ ނުދެއްވާށެވެ. (ރޫމް: 60)
2. އިސްލާމްދީނުގެ މަގުގައި ކެތްތެރިވުމެވެ ބުނެވޭބަހުގެ ދެވަނަ މަޠްލަބަކީ އަނެއްފަރާތުން ކުރިމަތިކުރާ މުޞީބާތްތައް ފުރިހަމަޔަށް ބަރުދާސްކުރުމެވެ.
"އަދި ތިޔަބައިމީހުން ތިމަންމެންނަށް ދިން އުނދަގޫތަކަށް ހަމަކަށަވަރުން ތިމަންމެން ކެތްކުރާހުށީމެވެ." (އިބްރާހީމް: 12)
ކެތްތެރިކަމަކީ ޚުދް އޭގެޒާތުގައިވެސް ޙައްޤުގެ މަގަށް ގޮވައިލެވޭ ގޮވައިލުމުގެ ބައެކެވެ. އެހެނީ ދީނަށް ގޮވައިލާ މީހާގެ ޖަވާބީ ޙަރަކާތްތަކާމެދު ފޫހިވެ ހިތްހަމަނުޖެހިހެން އުޅެގެންފިނަމަ ނުވަތަ ކެތްތެރިކަން ކުޑަކޮށްލައިފިނަމަ އޭނާއަކީ އޭނާ ގޮވައިލާ ގޮވައިލުމުގައި އިޚްލާޞްތެރިއެއްކަމާމެދު ސުވާލު އުފެދެއެވެ. އޭނާ އަކީ ހަމަ ޙަޤީޤަތުގައިވެސް މާތް ﷲ ގެ ރުހިވޮޑިގަތުން އެދިގެން މީސްތަކުންނަށް ޙައްޤުގެ މަގަށް ގޮވައިލާ މީހެއްކަމާމެދު ޝައްކު އުފެދެއެވެ. ޙައްޤުގެ މަގަށް ގޮވައިލާ މީހާއާ ކުރިމަތިވާ މުޞީބާތަކީ ޙަޤީޤަތުގައި އޭނާގެ އިޚްލާޞްތެރިކަމުގެ އިމްތިޙާނެކެވެ. މީހެއްގެ ގާތުގައި އޭނާގެ ދަޢުވަތަކީ ޤަބޫލުކުރެވޭފަދަ ދަޢުވަތަކަށްވާނީ އެމީގެއްގެ ކުރިމަތީގައި ތިމާއަކީ ފުރިހަމަ އިޚްލާޞްތެރިޔެއްކަން ސާބިތުކޮށްދީގެންނެވެ.
3. އިދިކޮޅުފަރާތުން މައްސަލައެއް ކުރިމަތިކޮށްފިނަމަ ޢާންމުގޮތެއްގައި މަސައްކަތް ކުރެވެމުންދަނީ އެކަމެއް ޚުދް އެފަރާތުގެ ބޮލުގައި އަޅުވައިލެވޭތޯއެވެ. މިބާވަތުގެ ކަންކަމުގައި ކެތްތެރިވުމަކީ ތިމާ ހަނުހިމޭންކަމާއެކު އެކަމެއް ބަލައިގަތުމެވެ. މިސާލެއްގެގޮތުން މުސްލިމުން އެބަޔަކަށް ދީނަށް ގޮވައިލާ ކޮންމެވެސް ބައެއްގެ ތެރެއިން މުސްލިމުންނަށް އިޤްތިޞާދީ ތަޢައްޞުބާ ކުރިމަތިލާންޖެހި، މުސްލިމުންނާ އެއްވަރުގެ ލަޔާޤަތު ހުންނަ މީހުންނާއެކު ވަޒީފާގެ ފުރުޞަތުތަކާ ކުރިމަތިލުމުން އެހެންދީންތަކުގެ މީހުން މަޤާމްތަކަށް ހޮވާނަމަ "އަހަރެމެންނާމެދު ހަމަހަމަގޮތަށް ޢަމަލުކުރާށެވެ." ގޮވަމުން ތެދުވުމަކީ ކެތްތެރިވުމާ ޚިލާފު ކަމެކެވެ. މުސްލިމުން ހަދަންވީ ގޮތަކީ އެއެތިފަހަރު ޤަބޫލުކުރުމެވެ. ހަމަހަމަ ޤާބިލިއްޔަތުގެ މައްޗަށް ބިނާކޮށް ތިމާމެންގެ ޙައްޤުނުދޭ މުޖްތަމަޢުން އިމްތިޔާޒީ ޤާބިލިއްޔަތު ހޯދައިގެން ތިމާމެންގެ ޙައްޤު ލިބިގަތުމެވެ.
********
މިލިޔުމަކީ، ޢިލްމީ އަދި ތާރީޚީދިރާސާ ފޮތެއް ކަމުގައިވާ، މައުލާނާ ވަޙީއްދީންޚާން ލިޔުއްވާފައިވާ "ޕޭޣަމްބަރެ އިންޤިލާބް: ސީރަތެ ޕާކްކާ ޢިލްމީ އައުރުތާރީޚީ މުޠާލަޢާ" ދިވެހިބަހަށް ތަރުޖަމާކޮށް، އަލްޢުތާޛް ޢަބްދު ﷲ ފާރޫޤުޙަސަން ލިޔުއްވާފައިވާ "ދުނިޔެ ބަދަލުކޮށްލެއްވި ނަބިއްޔާ" މިފޮތް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ.

ކިޔުންތެރިންގެ ހިޔާލު