މާލޭގެ މިސްކިތެއްގެ ހުކުރު ނަމާދުގެ ޖަމާޢަތް (ފޮޓޯ: ސޯޝަލް މީޑިއާ)
މާލޭގެ މިސްކިތެއްގެ ހުކުރު ނަމާދުގެ ޖަމާޢަތް (ފޮޓޯ: ސޯޝަލް މީޑިއާ)
މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ހުކުރު ނަމާދުކުރުން ހުއްޓާލިތާ ތިން މަސް ފަހުން މާދަމާ އިން ފެށިގެން ހުކުރު ނަމާދު ކުރަން އިސްލާމިކް މިނިސްޓްރީން ދެންމެ ނިންމައިފި އެވެ.

ކޯވިޑް-19 އާއި ގުޅިގެން، މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާއަތުގެ ނަމާދު ކުރުން މެދު ކަނޑާލީ، މާރޗު މަހުގެ 18 ވަނަ ދުވަހުގެ ޢަޞުރު ނަމާދު ވަގުތުން ފެށިގެންނެވެ. އަދި 15 އޭޕްރީލްގައި މާލެއިން ކޯވިޑް-19 ގެ ޕޮޒިޓިވް ކޭސްތައް ފެންނަން ފެށުމާއި އެކު މިސްކިތްތައް މާލޭގެ މިސްކިތްތައް ވަނީ ބަންދުކޮށްފައެވެ.



އޭގެ ފަހުން މާލޭގައި އިޢުލާންކޮށްފައިވާ ފުރަބަންދަށް ދިން ލުއިތަކާއިއެކު ޖަމާއަތް ނުހަދާ ނަމާދުކުރުމަށް ޖޫން 15 ވަނަ ދުވަހުން ފެށިގެން މިސްކިތްތައް ހުޅުވާލުމަށްފަހު، އަލުން ޖަމާއަތުގައި ނަމާދުކުރަން ފެށީ މިމަހުގެ ފުރަތަމަ ދުވަހުއެވެ.

މާލޭގެ މިސްކިތްތަކުގައި ޖަމާޢަތުގައި ހުކުރު ނަމާދު ކުރުމުގެ ހުއްދަ ދިން ނަމަވެސް، މާދަމާގެ ހުކުރު ނަމާދަށް ދާ ފަރާތްތަކުންވެސް އިސްލާމިކް މިނިސްޓްރީން މިހާރު އާއްމުކޮށްފައިވާ އުސޫލްތަކަށް އަމަލުކުރުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ. އެގޮތުން ގެއިން ވުޟޫ ކޮށްގެން މިސްކިތަށް ދިއުމާއި، ވަކި މުސައްލައެއް ގެންދިއުމާއި، ނަމާދަށް ދާއިރުގައާއި، މިސްކިތުގައި ނަމާދުގައި ތިބޭއިރު މާސްކު އަޅައިގެން ތިބުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިސްލާމިކް މިނިސްޓްރީން އިލްތިމާސްކުރެއެވެ.

މީގެ އިތުރުން ފުއްޕާމޭގެ ބަލި ހުންނަ މީހުންނާއި، ރޯގާ ޖެހިފައިވާ މީހުންނާއި، ހުން އައިސްފައިވާ މީހުންނާއި ކެއްސާ މީހުންނާއި ޢުމުރުން ދުވަސް ވެފައިވާ މީހުން މިސްކިތަށް ނުދިއުމާއި، ނަމާދު ނިމުމަށްފަހު މިސްކިތުގައި މަޑު ނުކުރުމަށްވެސް އިސްލާމިކް މިނިސްޓްރީން އެދިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން