އާދަޔާއި ޚިލާފަށް ހޫނުގަދަވެއްޖެނަމަ، އެމެރިކާގެ ދެކުނުގައި އިންސާނުންނަށް ދިރިނުއުޅެވޭނެކަމަށް ބުނެ އ.ދން ކޮށްފައިވާ ލަފަޔަކާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން، މިހާލަތު މިހާރުވަނީ މީހުން ހީކުރާވަރަށްވުރެ މާބޮޑަށް ކައިރިވެފައިކަމަށް، އެން.ބީ.ސީ ޓީވީގެ މޫސުމީ މާހިރަކު ވިދާޅުވެއްޖެއެވެ.

އެމެރިކާގެ އެން.ބީ.ސީ ޓީވީން ގެނެސްދިން ބަހުސެއްގައި ވާހަކަދައްކަވަމުން މޫސުމީ މާހިރު އެންޖީ ލެސްމަން ވިދާޅުވީ ހިނގަމުންދާ ހޫނުމޫސުމުގައިވެސް އ.ދ.ގެ ރިޕޯޓުބުނާފަދަ ހާލަތްތަކެއް ކުރިމަތިވެދާނެއެވެ. އ.ދން މިގޮތަށް ލަފާކޮށްފައިއޮތީ، އެޖަމްޢިއްޔާއިން 2022 ވަނަ އަހަރު ނެރެފައިވާ، އެޔާއިމެދު ވަރަށް ބޮޑަށް ޚިލާފު އުފެދިފައިވާ ރިޕޯޓެއްގައިއެވެ. މިރިޕޯޓު ބުނާ ގޮތުން، 2070 ވަނަ އަހަރު އަންނައިރު، ދުނިޔޭގެ ހޫނު މިންމަތިވެ، އެމެރިކާގެ ޖޯޖިޔާއާއި އެލަބާމާއާއި ލޫޒިއާނާއާއި ކެލިފޯނިއާ ސްޓޭޓުގެ ބައެއް ސަރަހައްދުތަކުގައި، އިންސާނުން ދިރިއުޅުމަށް އޮންނާނީ ރަނގަޅު ވެއްޓެއް ނޫނެވެ.

އެން.ބީ.ސީ ޓީވީގެ "ސަންޑޭ ޓުޑޭ" ބަހުސުގައި އިއްޔެނޫން އިހަށްދުވަހު ވާހަކަދެއްކެވި މެހެމާނެއްކަމަށްވާ ޖޯ ފްރަޔަރ ވިދާޅުވި ގޮތުގައި މިހާރު މަތިވަމުންދާ ހޫނުގެ މިންތަކަކީ އިންސާނުންގެ ހަށިގަނޑަށް ތަހައްމަލުކުރެވޭނެ ހޫނެއް ނޫނެވެ. ފްރަޔާގެ މިވާހަކަކޮޅާއި ވިދިގެން އެންޖީ ލެސްމަން ވިދާޅުވީ "ޙަގީގަތުގައި ފްރަޔަރ އެ ވިދާޅުވާ ދުވަސް އޮތީ ވަރަށް ކައިރީގައި".

އ.ދގެ މިރިޕޯޓަށް ފާޑުވިދާޅުވާ ފަރާތްތަކުން، ވިދާޅުވާ ގޮތުގައި މިއީ އެއްވެސް ހަރުދަނާކަމެއް ނެތް ހޯދުންތަކެއްގެ މައްޗަށް ހަދާފައިވާ ރިޕޯޓެކެވެ. އ.ދން މިފަދަ ރިޕޯޓުތައް ހަދައިގެން، މީހުންނަށް ބިރުވެރި އިންޒާރުތައްދޭތާ އެތައް އަހަރެއް ވެފައިވާކަމަށް މިރިޕޯޓަށް ފާޑުވިދާޅުވާ މާހިރުން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން