އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެޓަންޔާހޫ ހިންގަވަމުން ގެންދަވާ ކޯލިޝަން ސަރުކާރުގެ ކެބިނެޓު ވަޒީރުންގެ ގޮތުގައި، ވަރަށް ބޮޑަށް ހައްދުފަހަނައަޅާފައިވާ ވަޒީރުން ތިއްބެވިކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

ރައީސް ބައިޑަން މިހެން ވިދާޅުވުމާއި ގުޅިގެން، އިސްރާއީލުގެ ވަޒީރަކު މިބަސްފުޅަށް ރައްދުދެއްވާފައިވެއެވެ. ރައްދުގައި އިސްރާއީލުގެ ގައުމީ ސަލާމަތާއިބެހޭ ވަޒީރު، އިޓަމަރ ބެންގްވީރު ވިދާޅުވީ އިސްރާއީލަކީ އެމެރިކާގެ ދިދައިގައި ހިމެނޭ ބައިވަރު ތަރިތަކުގެ ތެރެއިން ތަރިއެއްކަމަށް، ބައިޑަން ގަބޫލުފުޅު ކުރަށްވައިގެން ނުވާނެކަމަށެވެ.



ބައިޑަންގެ ބަސްފުޅަށް ރައްދުދެއްވަމުން ބެންގްވީރު އިތުރަށް ވިދާޅުވީ، " ހައްދުފަހަނައަޅާފައިވާ މީހަކަށް، އަޅުގަނޑުވަނީ ކޮން ގޮތަކުންތޯ؟ އިސްރާއީލުގެ ރައްޔިތުންގެ ދިފާޢަށް ބޭނުންވާ ހަތިޔާރު އެމީހުންނަށް ދޭތީތޯ؟ މިކަމުގައި އަޅުގަނޑުމެންގެ ސިފައިންނާއި އޮފިސަރުންނަށް ދޭންޖެހޭ ހުރިހާ މަދަދެއް އަޅުގަނޑު ދެން. ގުދުސާއި އަލް ޚަލީލަށް ވަޑައިގެންދެއްވުން އެދި ބައިޑަންއަށް އަޅުގަނޑު ދައުވަތު ދެން. އަޅުގަނޑުމެންގެ ހައްދުފަހަނައެޅުން، ހައްދުފަހަނައަޅާފައިވޭތޯ ބެއްލެވުމަށް".

އިސްރާއީލުގެ ކެބިނެޓާއި މެދު ބައިޑަން ވިދާޅުވި ބަސްފުޅަކީ މިދިޔަ އާދީއްތަ ދުވަހު ސީ.އެން.އެނުން ދެންނެވި ސުވާލަކާއި ގުޅިގެން ވިދާޅުވި ބަސްފުޅެކެވެ.

ސީ.އެން.އެންގެ ރިޕޯޓަރާއި ވާހަކަދައްކަވަމުން ބައިޑަން އިތުރަށް ވިދާޅުވީ،"އިސްރާއީލަށް ސަލާމަތެއް އޮންނާނީ ދެދައުލަތެއް (އިސްރާއީލުގެ އިތުރުން ފަލަސްޠީނުގެ ދައުލަތް) ހެދިގެންކަމަށް ގަބޫލުކުރާ މީހުންގެ ތެރެއިން މީހެއް، އަޅުގަނޑަކީ".



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން