ދުބާއީގައި ދިރިއުޅޭ ޣައިރު މުސްލިމުންގެ ވާރުތައާއިބެހޭ ކަންތައްތައް ހިންގޭނެ އިންތިޒާމު، ދުބާއީ ކޯޓްސްގައި (ދުބާއީގައި ޝަރުޢީ، ގާނޫނީ ހުރިހާކަމެއް ހިންގާ ސަރުކާރުގެ އިދާރާގައި) ހަމަޖައްސައިފިއެވެ.

މިކަމަށް ޚާއްޞަކޮށް ދުބާއީ ކޯޓްސްގައި އުފެއްދި އިދާރާގައި ޣައިރު މުސްލިމުންގެ ވަޞިއްޔަތުތަކުގެ ކަންތައްތައް އެމީހުންގެ ގާނޫނުތަކުގައި ބުނާ ގޮތަށް ހިންގޭނެއެވެ. މިކަމާއި ގުޅިގެން މިވަނީ ޣައިރު މުސްލިމުންގެ ވާރުތައިގެ ކަންތައްތައް ބެލިގެންދާނެ ގާނޫނީ ގިއުގަނޑެއް މުޅިން އަލަށް ދުބާއީގައި އުފެދިގެން ގޮސްފައިކަމަށް ދުބާއީން ބުނެއެވެ.

އަލަށް ދުބާއީ ކޯޓްސްގައި މިއުފެއްދި އިދާރާއިން، ޣައިރު މުސްލިމުންނަށް އެމީހުންގެ ވަޞިއްޔަތުތަކާއި ގުޅޭ ހުރިހާކަމެއް، ގާނޫނީ އޮނިގަނޑުގެ އިމުގެ ތެރެއިން، ރަސްމީ ސިފައެއްގައި ކުރުމުގެ ޚިދުމަތްތައް ލިބިގެންދާނެކަމަށް ދުބާއީގެ ޚަބަރުތައް ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން