ގަލްފުގެ ޢަރަބި ގައުމުތަކާއި އެކު ރޫސީވިލާތުން ބޭއްވި ވަޒީރުންގެ ފެންވަރުގެ ބައްދަލުވުމެއްގައި ސަޢުދީ ޢަރަބިއްޔާގެ ޚަރިޖީ ވަޒީރު އަމީރު ފައިޞަލް ބިން ފަރްޙާން ބައިވެރިވެ ވަޑައިގަންނަވައިފިއެވެ.

މިދިޔަ ހޯމަ ދުވަހު ރޫސީވިލާތުގެ ވެރިރަށް މޮސްކޯގައި އޮތް މިބައްދަލުވުމުގައި ގަލްފު ކޯޕަރޭޝަން ކައުންސިލްގެ (ޖީ.ސީ.ސީގެ) ހަތް ގައުމުގެ ވަޒީރުން ބައިވެރިވެވަޑައިގަތެވެ. މިބައްދަލުވުމުގެ ބައިވެރިންވަނީ ޖީ.ސީ.ސީއާއި ރޫސީވިލާތާއި ދެމެދު އޮތް ގުޅުންތައް މުރާޖަޢާކުރަށްވާފައެވެ. އަދި މިގުޅުންތައް ކުރިއަރުވާ ތަރައްގީކުރެވޭނެ ގޮތްތަކާއިމެދު ވާހަކަފުޅުދައްކަވާފައިވެއެވެ.

ރޫސީ-ޔުކްރޭން ހަމަނުޖެހުމާއިމެދުވެސް ބައްދަލުވުމުގެ ބައިވެރިން ބަހުސްކުރެއްވިއެވެ. ޚަބަރުތައް ބުނާ ގޮތުން، މިބައްދަލުވުމުގެ ބައިވެރިން ވިދާޅުވެފައިވަނީ، ބައިންލައަގްވާމީ އަމަނާއި، ޞުލްޙަޔަށް ދެވެން އޮތް ކޮންމެ މަދަދެއް، އެހީތެރިކަމެއް، ދެއްވާނެކަމަށެވެ.

މިބައްދަލުވުމުގެ ބައިވެރިންވަނީ ގުޅިފައިވާ ބަޔާނަކާއި ގުޅިފައިވާ އެކްޝަން ޕްލޭނެއް (ވަކި ޚާއްޞަ ލަނޑުދަނޑިތަކެއް ޙާޞިލުކުރުމަށް ކުރެވޭ ތަދުބީރެއް) ތަސްދީގުކުރަށްވާފައިއެވެ. މިއެކްޝަން ޕްލޭނުގެ މުއްދަތު މިއަހަރުން ފެށިގެން 2028 ވަނަ އަހަރާއި ހަމަޔަށް ދެމި އޮންނާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން