ޢުމްރާ މޫސުން ރަސްމީކޮށް ފެށިއްޖެކަމަށް ސަޢުދީ ޢަރަބިއްޔާގެ ވުޒާރަތުލް ޙައްޖު ވަލް ޢުމްރާއިން ބުނެފިއެވެ. އެހެންކަމުން، ޢުމުރާއަށް ދިޔުމުގެ ހުއްދަ ސަޢުދީގެ ވުޒާރަތުލް ޙައްޖު ވަލް ޢުމަރާއިން އިއްޔެވަނީ ދޫކުރަން ފާށާފައިވެއެވެ.
ޢުމުރާގެ ހުއްދަ ދޫކުރަން ފަށާފައިމިވަނީ ސަޢުދީއާއި ގަލްފުގެ ޢަރަބި ގައުމުތަކުގައި ދިރިއުޅޭ ފަރާތްތަކަށެވެ.
ސައުދީ ޕްރެސް އެޖެންސީން ބުނާ ގޮތުގައި މިގަމުތަކުގައި ދިރިއުޅޭ މީހުންނަށް ނުސޫކާއި އަދި ތަވައްކަލްނާ މޯބައިލް އެޕްލިކޭޝަން ބޭނުންކޮށްގެން ޢުމުރާގެ ހުއްދަ ހޯދޭނެއެވެ.
މިގައުމުތަކުގެ އިތުރުން އެހެނިހެން ގައުމުތަކުން ޒިޔާރަތްކުރާ މީހުންނަށްވެސް ޢުމުރާވުމުގެ ހުއްދަދޫކުރަން ފަށާފައިވާކަމަށް ސަޢުދީ ސަރުކާރުން ބުނެއެވެ. އެގޮތުން ޢަރަބި ބައްރުން ބޭރު އެހެނިހެން ގައުމުތަކުގެ ރައްޔިތުންނަށް ދޫކުރަމުންދަނީ އިލެކްޓްރޯނިކް ވިޒާކަމަށް ސަޢުދީ ސަރުކާރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު