އެމެރިކާގެ އެޕަލް ކުންފުންޏަށް އައިފޯނު އުފައްދައިދޭ ޓައިވާނުގެ ފޮކްސްކޮން ކުންފުނިން، އިންޑިއާގައި އަޅަންއުޅުނު 20 ބިލިއަން ޑޮލަރުގެ، ޗިޕް އުފައްދާ ކާރުޚާނާ ނާޅާ ގޮތަށް އެކުންފުނިން ނިންމައިފިއެވެ.

ފޮކްސްކޮން ކުންފުންޏާއި އިންޑިއާގެ ވެޑަންޓާ ކުންފުނި ގުޅިގެން މިކާރުޚާނާ އިންޑިއާގެ ގުޖުރާތުގައި އެޅުމަށް ނިންމާފައިވަނީ މީގެ އަހަރެއްހާ ދުވަސް ކުރިންނެވެ.

ފޮކްސްކޮން ކުންފުނީގެ މިނިންމުމާއި ގުޅިގެން ޓެކްނޮލޮޖީގެ ދާއިރާއިން ޙާޞިލުކުރަން އިންޑިއާއިން ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލުކުރުމުގެ މަސައްކަތަށް ލޮޅުންއަރާނެ ކަމަށް މުޙައްލިލުންނާއި ހަވާލާދީ ބީބީސީ ނޫހުން ބުނެއެވެ.

ނަމަވެސް، އިންޑިއާ ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މިކަމުގެ ސަބަބުން އިންޑިއާއަށް ނުބައި އަސަރެއްނުކުރާނެއެވެ.

ޓައިވާނުގެ ފޮކްސްކޮން ކުންފުނިން ނެރެފައިވާ ބަޔާނެއް ބުނާ ގޮތުން، ކުރިޔަށް ދާންޖެހޭ މިންވަރަށް މިމަޝްރޫޢު ކުރިޔަށް ނުދިޔަކަމަށް ދެފަރާތުންވެސް އެއްބަސްވެއެވެ. ފޮކްސްކޮން ކުންފުނިން ބުނި ގޮތުގައި މިނިންމުން ނިންމީ ވެޑަންޓާ ކުންފުންޏާއި ފޮކްސްކޮންއާއި ދެމެދު ވާހަކަދެކެވި، އެގޮތަށް ދެފަރާތުން އެއްބަސްވެގެންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން