މޫސާ ޢަލީ (ހާސާ)   13 ޖުލައި 2023 - 14:45
އެމެރިކާ އިސްވެ އޮވެ، ހިންގާ އެންމެ ބޮޑު ޢާލަމީ އަސްކަރީ ޖަމްޢިއްޔާކަމުގައިވާ ނޭޓޯއިން ނެރުނު ބަޔާނެއްގައި ޗައިނާއަށް ބަހުގެ ވަރުގަދަ ހަމަލާތަކެއްދީފައިވާތީ، އެބަޔާނަށް ޗައިނާއިން ރައްދުދީފިއެވެ.

ނޭޓޯގެ ބަޔާނަށް ރައްދުދެމުން ޗައިނާއިން ބުނެފައިވަނީ، އޭޝިއާގެ ޕެސިފިކް ކަނޑު ސަރަހައްދަށް ނޭޓޯއިން ވަންނަންއުޅޭ އުޅުމަށް ވަރަށް ސާފުބަހުން، ގަދަ ޢަޒުމުގައި ޗައިނާއިން ދެކޮޅުހަދާކަމަށެވެ. އަދި އެހެންމެ، ޗައިނާގެ އެއްވެސް ގާނޫނީ ޙައްގަކަށް ނުރައްކަލެއް ކުރިމަތިވާނަމަ، ކެރިގެން އެކަމަކަށް ދޭންޖެހޭ ރައްދުދޭނެކަމުގެ އިންޒާރު ޗައިނާއިންވަނީ ދީފައިއެވެ.



ހަރުކަށި ޢިބާރާތްތަކެއް ބޭނުންކޮށްފައިވާ ނޭޓޯގެ ބަޔާނުގައި، ޗައިނާއަކީ ނޭޓޯގެ ވާދަވެރިއެއްކަމަށް ބުނެފައިވެއެވެ. އެގޮތުން، ޗައިނާގެ ސަބަބުން ނޭޓޯގެ މަޞްލަޙަތުތަކާއި ސަލާމަތާއި ހަމަތަކަށް ނުރައްކާތެރިކަން ފޯރަމުންދާކަމަށް ނޭޓޯގެ ބަޔާނުގައި ބުނެފައިވެއެވެ. އިއްޔެ ނޭޓޯއިން ނެރުނު މިބަޔާން ނެރެފައިވަނީ ލިތުއޭނިއާގެ ވެރިރަށް ވިލްނިއަސްގައި ބޭއްވި ނޭޓޯގެ މެމްބަރު ގައުމުތަކުގެ ބައްދަލުވުމަކަށް ފަހުގައިއެވެ.

ނޭޓޯގެ ބަޔާނާއިމެދު ޗައިނާއިން އިތުރަށް ބުނީ، އެބަޔާނަކީ ތެދުބަހުން ލިޔެފައިވާ ބަޔާނެއްނޫން ކަމަށެވެ. އަދި އެބަޔާނަކީ ޗައިނާގެ އަގުވައްޓާލުމުގެ ބޭނުމުގައި ނެރެފައިވާ ބަޔާނެއްކަމަށްވެސް ޗައިނާއިން ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން