ބައިދާއުގެ ގަދަ ހޫނުފަދަ، ގަދަ ހޫނުގެ ރާޅެއް ހުޅަނގު ޔޫރަޕަށް އަރައިފިއެވެ. ހޫނުގެ މިރާޅުގެ ސަބަބުން މީހުންގެ ޞިއްޙަތަށް މިކަމުގެ ނުބައި އަސަރުކުރާނެކަމަށް ސަރުކާރުތަކުން ދަނީ ބަލަމުންނެވެ.
ސްޕެއިނާއި ފަރަންސޭސިވިލާތާއި ގްރީސްއާއި ކްރޮއޭޝާއާއި އިޓަލީގެ ބައެއް ސަރަހައްދުތަކުގައި، ހޫނުގެ މިރާޅުގެ ސަބަބުން، ފިނިހޫނުމިން ، ސެލްސިއަސް މިންގަނޑުން، ސާޅީސް ދަރަޖަޔަށްވުރެ މައްޗަށް ގޮސްފައިވާކަމަށް ސީއެންއެން ނޫހުން ބުނެއެވެ.
"ދިގުދެމިގެންދާ ގޮތަކަށް، މުޅި ޔޫރަޕަށް ގަދަ ހޫނުވަނީ ފެތުރިފައި. މިއީ، މިކަމުގެ ކޮޅުމަތި"، ޔޫރަޕުގެ ސްޕޭސް އޭޖެންސީން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
މިދިޔަ އަހަރުގެ ހޫނު މޫސުމުގައި ޔޫރަޕަށް އެރި ހޫނުގެ ރާޅުގައި ފަސްދޮޅަސް އެއްހާސް މީހުން މަރުވެފައިވެއެވެ. މިފަހަރު ޔޫރަޕަށް އަރައިގެން މިއުޅޭ ހޫނުގެ ރާޅަށް އިޓަލީގެ މޫސުމާއިބެހޭ އިދާރާއިން ދީފައިވާ ނަމަކީ ސާރބެރަސް (މިއީ ސާދަ ވަނަ ގަރުނުގައި ޑާންޓޭ ލިޔުއްވި ޅެމެއްގައި ބުނާ ތިން ބޯލީ ފުރޭތަޔަށް ކިޔާ ނަން) އެވެ.
ސީއެންއެން ނޫހުން ބުނާ ގޮތުގައި، ރިކޯޑުތައް މުގުރާލާ މިނަށް މިފަހަރު އިޓަލީގައި ހޫނު ގަދަވާނެއެވެ. މިހާރުވެސް އިޓަލީގެ ސާޑީނިއާއާއި ސިސިލީގައި 48.9 ދަރަޖައާއި ކައިރިކުރާ މިނަށް ފިނިހޫނުމިން މަތިވެފައިވާކަމަށް ޔޫރަޕުގެ ސްޕޭސް އޭޖެންސީން ބުނއެވެ.

ކިޔުންތެރިންގެ ހިޔާލު