ޔަ އޮކްޓޯބަރު މަހު، ޓްވިޓަރގެ ވެރިފަރާތް ބަދަލުވި ފަހުން، އިސްތިހާރުން ލިބޭ އާމްދަނީ ދެބައިކުޅައެއްބައިން ދަށްވެފައިވާކަމަށް، ޓްވިޓަރގެ މިހާރުގެ ވެރިފަރާތުން ވިދާޅުވެއްޖެއެވެ.

މިދިޔަ އަހަރު ބިލިއަނަރ އީލާން މަސްކް ޓްވިޓަރ ބައްލަވައިގަތީ ސާޅީސް ހަތަރު ބިލިއަން ޑޮލަރަށެވެ. އޭނާ ވިދާޅުވި ގޮތުގައި ހީފުޅުކުރެއްވި ވަރަށްވުރެ މިދިޔަ ޖޫން މަހު ޓްވިޓަރއަށް ލިބުނު އާމްދަނީ ވަނީ ދަށްވެފައިއެވެ. ނަމަވެސް، މިހިނގާ ޖުލައި މަހު، އާމްދަނީ ތަންކޮޅެއް ރަނގަޅުވަމުންދާކަމަށް އީލާން ވިދާޅުވިއެވެ.

ޚަރަދުކުޑަކުރެއްވުމުގެ ގޮތުން ޓްވިޓަރގެ 7،500 މުވައްޒަފުންގެ ތެރެއިން، ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މުވައްޒަފުން މިދިޔަ އަހަރު، އީލާންވަނީ ވަޒީފާއިން ވަކިކުރަށްވާފައިއެވެ.

ޚަބަރުތައް ބުނާ ގޮތުން ޓްވިޓަރގެ ވާދަވެރި، ތްރެޑްސް ބޭނުންކުރާ މީހުންގެ އަދަދު މިހާރުދަނީ އިތުރުވަމުންނެވެ. ބައެއް އަނދާސާތައް ބުނާ ގޮތުން ތްރެޑްސް ބޭނުންކުރާ މީހުންގެ އަދަދު މިހާރުވަނީ 150 މިލިއަނަށް އަރާފައިއެވެ.

ތްރެޑްސްއަކީ އިންސްޓަރގްރާމްގެ ތެރެއިން މަސައްކަތްކުރެވޭ، ގޮތަށް އުފައްދާފައިވާ މަންޞަތަކަށްވާތީ (ޕްލެޓްފޯމަކަށްވާތީ)، ތްރެޑްސް ބޭނުންކުރާ މީހުންގެ އަދަދު ދެބިލިއަނަށް އެރުމަކީ ވަރަށް ކައިރީގައި އޮތް ކަމެއްކަމަށް ބީބީސީ ނޫހުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން